ބިރުވެތިވޭ! މީހުން ރުއްސަން ޙައްޤު ނޫން ބަސްބުނެ އޮޅުވާލުމަކީ ﷲ ގެ ލަޢްނަތް ޙައްޤުވާ ކަމެއް! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބިރުވެތިވޭ! މީހުން ރުއްސަން ޙައްޤު ނޫން ބަސްބުނެ އޮޅުވާލުމަކީ ﷲ ގެ ލަޢްނަތް ޙައްޤުވާ ކަމެއް! މުފްތީ މެންކް

ފުރަތަމަ ކަމަކީ ކިތަންމެ ގިނަ ބައެއްގެ ލޯތްބާއި ތައްރީފް ލިބުނަސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ނެތްނަމަ ކުރާނެ އެއްވެސް ފައިދާއެއްނެތެވެ. ކޮންމެ މުސްލިމަކަށްވެސް އެކަން އެނގޭނެއެވެ. ނަމަވެސް ޤަބޫލުކޮށް ޢަމަލުނުކުރެވެނީއެވެ.

މީސްތަކުން ލޯބިނުވާތީ ނުވަތަ ތަޢްރީފް ނުކުރާތީ ކަންބޮޑުނުވާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އެމީހަކަށް މަލާއިކަތުންގެ ލޯތްބާއި މީސްތަކުންގެ ލޯތްބާއި އަދި ތަޢްރީފްވެސް ލިބޭނެއެވެ. އެއީ ޤުރްއާނާ ޙަދީޘުން ޔަޤީންވާ ކަމެކެވެ.

ބައަކު ނަފްރަތުކޮށްފާނެތީ ޙައްޤު ބަސް ނުބުނެ ނުހުންނާށެވެ! ޙައްޤުނޫން ބަހެއް ބުނެގެން މީސްތަކުންގެ ތަޢްރީފް ހޯދާ މީހާ އެލިބިގަންނަނީ ﷲ ތަޢާލާގެ ލައްނަތެވެ! އެކަން ވެގެންދާނީ ތިމާއަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަށެވެ. ޙަޤީޤީ ފައިދާއެއް ކުރާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުންނެވެ.

ޙައްޤުބަސް ބުނާ މީހުންނަށް ރުހޭ މީހުން މަދުވެދާނެއެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އެކަން އެހެން އެވަނީ ޙައްޤުގޮތުގައި ތިބޭ މީހުން މަދުވުމުންނެވެ. ފައިދާއެއް ކުރާނީ ކިތަންމެ މަދު ނަމަވެސް ޙައްޤުގޮތުގައި ތިބޭމީހުންނާއިއެކުގައިވުމުންނެވެ.

މިޒަމާނުގައި މީސްތަކުން ގިނައިން ބަލަނީ އެހެން މީހުން ރުއްސުމަށެވެ. މީސްތަކުންގެ ރުހުން ހޯދަން ކުރަންވީ ކަމަކީ މީސްތަކުންނަށް ހެޔޮކޮށްހިތުމެވެ. އެހީތެރިވުމެވެ. ޙައްޤު ބަސްބުނުމަކީ މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތަކެވެ. ޙައްޤުބަސް ބުނުމާއި ހެޔޮ ނަޞޭޙަތްދިނުމަކީ ފޯރުކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތަކެވެ.

 

 

މިއަދު އޮންލައިން