އެންމެ މުހިންމު، އެންމެ ފައިދާކުރާނެ ދުޢާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެންމެ މުހިންމު، އެންމެ ފައިދާކުރާނެ ދުޢާ!: މުފްތީ މެންކް

އެންމެ ގިނައިން ކުރުން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިތޯ ކިޔުންތެރިން ވަރަށް ގިނައިން ސުވާލުކުރެއެވެ. އެހެންކަމުން މިގެނެސްދެނީ އެކަމުގައި މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

އެންމެ މުހންމު އަދި އެންމެ ފައިދާހުރި ދުޢާއަކީ ކޮބައިކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންކަމުން އަހަރެންނަށް ވިސްނޭ ގޮތް ބުނެލާނަމެވެ. 

ދުޢާއެއް ވެއެވެ. ކޮނަމެ ނަމާދެއްވެސް އަދި ނަމާދުގެ ކޮންމެ ރަކްޢަތެއްވެސް ފުރިހަމަވާނީ އެދުޢާކުރުމުންނެވެ. އެފަދަ މުހިންމު ދުޢާއެއް ކަމުގައި އެ ދުޢާ، ﷲ ތަޢާލާ ލައްވަވާފައި އެވަނީ ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ. އެދުޢާއިން ކުރާނެ ފައިދާ ބޮޑުކަމުންނެވެ. 

އެދުޢާއަކީ: 

اِهْدِنَا الصِّرَاطَ الْمُسْتَقِیْمَۙ 

"އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގުކަވާނދޭވެ!" (ސޫރަތުލްފާތިޙާ: 6) 

މި ދުޢާ އެހައި މުހިންމު ދުޢާއަކަށްވެގެންދަނީ ކީއްވެގެންހެއްޔެވެ؟ ސަބަބަކީ އިންށާނާއަށް އެހެން ހުރިހާ ކަންކަމަށްވުރެ މުހިންމުިކަންބޮޑުވެގެންވަނީ ސީދާވެގެންވާ ތެދުމަގެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރެވެން އޮތީ އެމަގުގައި ސާބިތުވެގެންނެވެ. އެމީހަކަށް ސީދާވެގެންވާ ތެދުމަގު ނުލިބިއްޖެނަމަ އެމީހަކު ވެގެންދާނީ އަބާއްޖަވެރިއަކަށެވެ. ވަންނަން ޖެހޭނީ ނަރަކައަށެވެ. 

ދުޢާ ކުރުވެފައި އެންމެ ގިނައިން ކިޔެވޭ އެއް އާޔަތްކަމުގައިވުމުން ގިނަ ބައަކަށް މިދުޢާގެ މުހިންމުކަން ވަޒަން ނުކުރެވެނީއެވެ. ފުންކޮށްވިސްނާލައިފިނަމަ މ ދުޢާއަށްވުރެ ތިމާއަށް މުހިންމު އަދި ފައިދާކުރާނެ ދުޢާއެއް ނުވެއެވެ. އެހެނީ އެމީހަކަށް ސީދާވެގެންވާ ތެދުމަގު ނުލިބި ދެން އެހެން ހުރިހާ ނިޢްމަތްތަކެއް ލިބުނު ނަމަވެސް އެ ނިޢްމަތްތަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތުމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން