ކުރާ މޭކަޕަށް މޫނު ރީތިކޮށެއް ނުދެވޭނެ!- މޫނު ރީތިކޮށް ގިނަ މީހުންގެ ލޯބިވުން ބޭނުން ނަމަ މިކަންކޮށްލީމާ އިރުއިރުކޮޅުން ކުލަ އުނގުޅާކަށްވެސް ނުޖެހޭނެ! މާކާމިޔާބުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކުރާ މޭކަޕަށް މޫނު ރީތިކޮށެއް ނުދެވޭނެ!- މޫނު ރީތިކޮށް ގިނަ މީހުންގެ ލޯބިވުން ބޭނުން ނަމަ މިކަންކޮށްލީމާ އިރުއިރުކޮޅުން ކުލަ އުނގުޅާކަށްވެސް ނުޖެހޭނެ! މާކާމިޔާބުވާނެ!: މުފްތީ މެންކް

ދުނިޔޭގެ ބާޒާރުތަކުން ލިބެންހުރި އެންމެ އަގުބޮޑު ތަކެތި މީނުގައި އުނގުޅައި މޭކަޕްކުރެވިދާނެއެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ސެލޫންތަކަށް ގޮސް އެންމެ ބޮޑު އަގުދީގެންވެސް އެކަން ކުރެވިދާނެއެވެ. އެކަމަކުވެސް ބުނަންހެއްޔެވެ؟ އުނގުޅި ދަވާދުތައް އިރުކޮޅެއްވާއިރަށް ފިލާނެއެވެ. ފެންވަރައިލާއިރަށް އެކަން ނިމުނީއެވެ. 

މޫނު ރީތިކޮށް އުޖާލާކުރަން ބޭނުންވާ މީހާ ސަޖިދަކުރުން ގިނަކުރާށެވެ. ސަޖިދައިގައި ހޭދަކުރާ ވަޤުތު ގިނަކުރާށެވެ. ރޭއަޅުކަންކުރާށެވެ! ރޭއަޅުކަމުގައި ކުރާ ސަޖިދައިގެ ވަޤުތު އިތުރަށް ދިގުކޮށްލާށެވެ! އިޚްލާޞްތެރިކަމާއިއެކު އެކަންކޮށްފިނަމަ އަނެއްދުވަހު ހެނދުނުވެސް ތިބާގެ މޫނުމަތިން އެކަންކަން ފެންނާނެއެވެ. ދުވަސްކޮޅެއްވާއިރަށް މީހުންނަށް އެކަން ފާހަގަކުރެވެންވެސް ފަށާނެއެވެ. އިން ޝާ ﷲ

އެއިރުން ތިބާގެ މޫނުން ފެންނާނީ ދަވާދުތަކެއް ނޫނެވެ. އުޖާލާކަމެވެ. ފަރިވެ ފޕ:ިވެފައިވާތަނެވެ. ތަޤްވާވެރިކަމުގެ ސިފަތަކެވެ. އެއިރުން މީހުންގެ ލޯތްބާއި ރުހުން މާބޮޑަށް ލިބޭނެއެވެ. އަދި އިރުއިރުކޮޅުން އައުކުރަން ކުލަ އުނގުޅާކަށްވެސް ނުޖެހޭނެއެވެ. ތަންތަނަށްގޮސް ބޮޑެތި ޚަރަދުތައްކުރާކަށްވެސް ނުޖެހޭނެއެވެ. ކުރަންޖެހޭނެ ކަމަކީ ސުންނަތް ނަމާދުތައް ގިނަކުރުމާއި ވީހައި ދިގުކޮށް ދަމުނަމާދުކުރުމެވެ. އަދި އެނަމާދުތަކުގެ ސަޖިދަ ވީހައި ދިގުކުރުމެވެ. 

- މުފްތީ މެނކުގެ ދަރުސަކުން

މިއަދު އޮންލައިން