ތިން ދުވަސްވާއިރުވެސް ރުޅިވެރިކަމާއެކު ވާހަކަނުދައްކައި ހުއްޓާ މަރުވެއްޖެނަމަ އެމީހަކު ދާނީ ނަރަކައަށް ކަމުގަ ޞައްޙަ ޙަދީޘުން ޘާބިތުވޭ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ތިން ދުވަސްވާއިރުވެސް ރުޅިވެރިކަމާއެކު ވާހަކަނުދައްކައި ހުއްޓާ މަރުވެއްޖެނަމަ އެމީހަކު ދާނީ ނަރަކައަށް ކަމުގަ ޞައްޙަ ޙަދީޘުން ޘާބިތުވޭ!: ޑރ. އިޔާޟް

ފަހަރިއަކާ އޭނާ ކުރާ ޖެއްސުންތަކެއްގެ ސަބަބުން ވާހަކަ ނުދައްކާ ހުރުމަކީ ކޮންކަހަލަކަމެއް؟ އަދި އެކަހަލަ ކަންތައްތަކާއި ވިސްނާ ފިކުރު ކުރުމުން ދުރުވުމަށް ދީނީ ގޮތުން ކުރެވިދާނެ ކަމަކީ ކޮބާ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މުސްލިމަކު އަނެއް މުސްލިމެއްދެކެ ރުޅިއައިސްގެން ވާހަކަނުދައްކާ ހުރުން ހުއްދަވެގެންވަނީ ތިން ދުވަހުގެ މުއްދަތަށެވެ. ތިން ދުވަހުގެ ތެރޭގައި ރުޅި ކޮންޓުރޯލުކޮށް ދެ މީހުން ޞުލްޙަ ވާން ދެހޭނެއެވެ. އޭގެތެރެއިން އެންމެ ހެޔޮކަންބޮޑު މީހާއީ އިސްވެ ސަލާމްކުރާ މީހާކަން ޙަދީޘުން ޘާބިތުވެއެވެ.

އަދި ތިން ދުވަސްވާއިރުވެސް ރުޅިވެރިކަމާއި އެކު ވާހަކަނުދައްކައި ހުއްޓާ މަރުވެއްޖެނަމަ އެމީހަކު ދާނީ ނަރަކައަށް ކަމުގައިވެސް ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި މިފަދަ ނޭދެވޭ ކަންތައްތައް މަނާކުރުމީ ކޮންމެފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.

ތިން ދުވަސް ވާއިރުވެސް ވާހަކަނުދައްކާ ހުރުން ހުއްދަވެގެން ވަނީ އެމީހަކީ ނުބައި ކަންތައްތަކަށް އަރައިގަތުމުގައި ދެމިހުރިމީހެއްކަމަށް ވަނީނަމައެވެ. އަދި އެމީހަކާ ވާހަކަނުދައްކާ ދޫކޮށްލުމުން އެކަމުގެ ހައްލެއްފެނިދާނެކަމަށް ހީވެއްޖެނަމައެވެ. އެހެނީ މުންކަރާތްތައް މަނާކުރުމަކީ ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށްވެސްބޮޑު ޒިންމާއެކެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " من رأى منكم منكراً فليغيّره بيده ، فإن لم يستطع فبلسانه فإن لم يستطع فبقلبه وذلك أضعف الإيمان "رواه مسلم ( 49 )

މާނައަކީ: "ތިޔަބައިމީހުންގެތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ، އެކަމެއް އަތުންމަނާކުރާހުށިކަމެވެ. އެކަމަށް ކުޅަދާނަކަން ލިބިގެން ނުވަނީނަމަ ދުލުންނެވެ. އެކަމަށްވެސް ނުކުޅެދިއްޖެނަމަ އެމީހެއްގެ ހިތުންނެވެ. އެއީ އީމާންކަމުގެ އެންމެ ދަށުދަރަޖައެވެ."

ދުޢާ އަކީ މުއިމިނުންގެ އެންމެވަރުގަދަ ހަތިޔާރެވެ. އެހެންކަމުން ކޮންމެކަމަކަށް ނަމަވެސް ﷲ ގެ ޙަޟްރަތުގައި ދަންނަވަންވީ އެވެ. والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން