ރޯދަމަހު ގޭތެރޭގެ ކަންކަން އިންތިޒާމުކުރަންވާނީ ރޯދަ ހިފުމުގަ ކިޔަމަންތެރިވީފަދައިން ރޯދަވީއްލުމުގައިވެސް ކިޔަމަންތެރިވެވޭނެ ގޮތަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރޯދަމަހު ގޭތެރޭގެ ކަންކަން އިންތިޒާމުކުރަންވާނީ ރޯދަ ހިފުމުގަ ކިޔަމަންތެރިވީފަދައިން ރޯދަވީއްލުމުގައިވެސް ކިޔަމަންތެރިވެވޭނެ ގޮތަށް!: މުފްތީ މެންކް

ރޯދަ ހިފަނީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ. ފަޖުރުލުމުން ނުކާން އަމުރުފުޅު ކުރެއްވެވި ފަދައިން އިރުއޮއްސުމުން ވަގުތުން (ވީހައި އަވަހަކަށް) ރޯދަ ވީއްލަން އަމުރުފުޅުކުރެއްވެވީވެސް ﷲ ތަޢާލާއެވެ. ވީމާ ރޯދަ ހިފުމުގައި ކިޔަމަންތެރިވީފަދައިން ރޯދަވީއްލުމުގައިވެސް ކިޔަމަންތެރިވާންވާނެއެވެ!

މިއީ ޚާއްޞަކޮށް އަންހެނުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އެހެން މީހުންނަށް ރޯދަވީއްލޭނެ ގޮތް ހަދައިދޭން އުޅެންޖެހުމުން އަމިއްލައަށް ރޯދަވީއްލުން އެބަ ފަސްކުރެއެވެ. މއީ އެއްގޮތަކަށްވެސް މިކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ.

ނަޞޭޙަތަކީ ބަންގީގެއަޑު އިވުމާއިއެކު ނުވަތަ ބަންގީގެ އަޑު ނުއިވޭނަމަ ރޯދަވީއްލާގަޑި ޖެހުމާއިއެކު ވަގުތުން ރޯދަވީއްލޭނެ ގޮތަށް ގޭތެރޭގެ ކަންކަން އިންތިޒާމުކުރުމެވެ. ކައްކަން ޖެހޭ ތަކެތި ގިނަވެ ބަންގިގޮވާއިރަށްވެސް ނުކެކި ބަދިގެ ތެރޭގައި އުޅެންޖެހޭ ގޮތަށް ކަންކަން އިންތިޒާމު ނުކުރާށެވެ! ވަގުތަށް ރޯދަ ވީއްލޭނީ އެއިރުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން