މުސްލިމުންގެ ހުރިހާ އަމާޒަކީ ސުވަރުގެ ކަމުގައިވީނަމަވެސް އަދި ސުވަރުގެ ހޯދަން މަސައްކަތްކުރަމުންވެސް ސުވަރުގެ ބޭނުން ނޫންކަމަށް ބުނެވެމުން ހިނގާ ބައަކު އެބަ އުޅެއެވެ.
އެހެނީ ކަމެއް ދިމާވުމުން ކެތްތެރި ނުވެވޭނެ ކަމަށް ޤަބުލުކުރާނަމަ އެ ޤަބޫލުކުރެވެނީ މާތްﷲ އެންގެވި ގޮތާއި ޚިލާފަށެވެ. އެކަން ވެގެންދާނީ މާތް ﷲ އެންގެވި ގޮތް ޤަބޫލުނުކުރުމަށެވެ. މާތްﷲ އަންގަވާފައިވަނީ ސުވަރުގެ ވަނީ ކެތްތެރިންނަށް ކަމަށެވެ. ނަމާދު ކުރުމުގެ ކުރިއަށް ކެތްތެރިކަން ގެންނަވައި ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދޭ މީހުންނާއިއެކުގައި ކަމަށް އޮތަ ވަޙީބަސްފުޅުން މިކަން އެނގިގެންދެއެވެ.
ﷲ ތަޢާލާ މީސްތަކުން އުފެއްދެވީ ކެތްތެރިވުމަށެވެ. އެކަން ޤަބޫލުނުކުރެވޭނަމަ އެމީހާއަށް އެ ޤަބޫލުކުރެވެނީ މާތްﷲ އެންގެވި ގޮތާއި މުޅިން ޚިލާފަށެވެ.
މީސްތަކުންނޭވެ! ކޮންމެ ކަމެއްގައިވެސް އަދި ކޮންމެ ހާލަތެއްގައިވެސް މާތްﷲއަށް އިތުބާރުކުރާށެވެ. އިޚްލާޞްތެރިކަމާއިއެކު އަމަލުތައް ކުރަމުން މާތްﷲއަށް ވަކީލުކުރާ މީހާއަށް ކުރިމަތިވާ ކޮންމެ ކަމަކުން އެމީހަކަށް އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ
އަދިކީއްހެއްޔެވެ؟ ކެތްތެރި ނުވެވޭނެކަމަށް ޤަބޫލުކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ކެތްތެރިވާން މަސައްކަތްކުރާމީހާއަށް މާތް ﷲ ކެތްތެރިކަން ދެއްވަވާނެ ކަމަށެވެ. އެކަން ޔަޤީންކޮށްގެންނަށް ހުންނަ މީހާއަށް ކެތްތެރިވެވޭނެ ކަމަށެވެ.
ހުރިހާވެސް މައްސަލައަކީ ބޭރުފުށުން ކެތްތެރިކަން ދައްކަން އުޅެވޭކަމެވެ. އެތެރެއިން (ހިތުގެ އަޑިން) ކެތްތެރި ނުވެވޭކަމެވެ. ނަތީޖާއަކަށް ވެގެންދަނީ އެތެރޭގެ ކެތްތެރިކަން ކުޑަވަމުން ކުޑަވަމުން ގޮސް ކެތްތެރިކަން އެކުގައި ނެތިގެން ދިއުމެވެ. ހަތަރެސްފައިން ގޯސް ހެދެނީ އެހިސާބުންނެވެ. އެހިސާބުން ސިކުނޑި ބޮމެއް ފަދައިން ގޮވަނީއެވެ.
ދަރުސް ފަށަމުން މިބަޔާންކުރި ފަދަ ދެކޮޅު ނުޖެހޭ ބަސްތައް ބުނެވެނީ އަދި އެފަދަ ގޮތްގޮތަށް ވިސްނެނީވެސް އަމިއްލައަށް ސިކުނޑި ތަޣައްޔަރުކޮށްލެވޭތީއެވެ! ވީމާ މިފަދަ ހުރިހާ ކަންކަމުން ސަލާމަތްވުމަށްވެސް އޮތް މަގަކީ ކެތްތެރިވުމެވެ. ކެތްތެރިވެވޭނެކަން ޔަޤީންކޮށްގެން ދިރިއުޅުން ކުރިއަށް ގެންދިއުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން