ބޭސްކައިގެން ހައިޟުނުވެހުރެ ރޯދަހިފުމެއް ނެތް! ރޯދަ ޤަޟާ ކުރުމުންވެސް ޘަވާބު ދެއްވަވާނީ އެއްވަރަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ބޭސްކައިގެން ހައިޟުނުވެހުރެ ރޯދަހިފުމެއް ނެތް! ރޯދަ ޤަޟާ ކުރުމުންވެސް ޘަވާބު ދެއްވަވާނީ އެއްވަރަށް!: މުފްތީ މެންކް

ބޭސްބޭނުންކޮށްގެން ޙައިޟުނުވާނެ ގޮތް ހެދުމާއިބެހޭ ގޮތުން ބުނަންއޮތީ އެކަން ނުކުރާށެވެ! ސަބަބަކީ ﷲ ތަޢާލާ ތިބާއަށް މިނަވަރުކުރައްވަވާ ކަމެއް އެހެން ގޮތަކަށް ބަދަލުކުރަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތުމުންނެވެ.

ދެން އުފައްދާ ސުވާލަކީ އެކަމަށް ބޭސްކައިގެން ޙައިޟުނުވެހުރެ ހިފާ ރޯދަ ޞައްޙަވާނެހެއްޔެވެ؟ ޖަވާބަކީ ރޯދަ ޞައްޙަވާނެއެވެ.

މިކަމުގައި ބަލައިލަން ޖެހޭ ކަމަކީ އެކަމުން ތިމާގެ ހަށިގަނދަށް ލިބޭ ގެއްލުންތަކަށެވެ. އަހަރެންނަށް އެނގިފައި އޮތް ގޮތުންނަމަ މިފަދަ ކޮންމެ ބޭހަކުން ހަށިގަނޑުގެ ގުނަވަންތަކަށް ނުބައި އަސަރުކުރެއެވެ. ބޮޑެތި ގެއްލުންތައް ލިބެއެވެ.

ގެއްލުނު ރޯދަ އެހެން މަހެއްގައި ހިފުމުންވެސް ހަމައެމިންވަރަށް (ރަމަޟާން މަހު ރޯދަހިފުމުން ދެއްވަވާނެ މިންވަރަށް) ޘަވާބު ދެއްވަވާނެއިރު އަމިއްލަހަށިގަނޑަށް ގެއްލުން ލިބޭނެ ކަންކަން ކުރަންވީ ކީއްކުރަން ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން