ރޯދަޔަށް ހުއްޓާ މަނިބޭރުވުމަކުން ރޯދައެއް ނުގެއްލޭނެ! ރޯދަ ގެއްލޭނީ މަނިބޭރު ކުރުމުން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރޯދަޔަށް ހުއްޓާ މަނިބޭރުވުމަކުން ރޯދައެއް ނުގެއްލޭނެ! ރޯދަ ގެއްލޭނީ މަނިބޭރު ކުރުމުން!: ޑރ. އިޔާޟް

ރޯދަ ގެއްލޭނެ ޙާލަތާއި ރޯދަ ނުގެއްލޭނެ ޙާލަތު އެނގުމަކީ ވަރަށް މުހިންމުކަމެކެވެ. އެކަންކަން ނުއެނގުމުން ރޯދަ ނުގެއްލެނީސް، ރޯދަ ގެއްލިއްޖެ ކަމަށް ބަލައި އެބަ ރޯދަ ދޫކޮށްލެވެއެވެ. މިއަހަރުގެ ރޯދަމަސްވެސް މިވަނީ އައިސްޖެހިފައެވެ. ޝައްކުވާ ޙާލަތުގައި ނުވަތަ ޔަޤީންނުވާނަމަ ރޯދަދޫކޮށްލުމުގެ ކުރިން ޞައްޙަ މަޢުލޫމާތު އޮޅުންފިލުވުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

"މިދިޔަ ރަމަޝާންމަހު އަހަރެންނަށް ވަނީ ދެ ރޯދަ ގެއްލިފައެވެ. އެއީ ރޯދައަށް ހުއްޓާ މަނިބޭރުވުމުގެ ސަބަބުންނެވެ. އެހެންވެ އެގެއްލުނު ދެ ރޯދަ ހިފުމުގެގޮތުން މާދަމާ ރޯދައަށް ހުންނަންވެގެން މިއުޅެނީ، ވީމާ މިގޮތަށް ގެއްލޭރޯދަ ހިފުމަށް ކިޔާނީ ކޮން އެއްޗެއް ހެއްޔެވެ؟" 

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ރޯދަޔަށް ހުއްޓާ މަނިބޭރުވުމަކުން ރޯދައެއް ނުގެއްލޭނެއެވެ. ރޯދަ ގެއްލޭނީ މަނިބޭރު ކުރުމުންނެވެ. ގެއްލުނު ރޯދަ ގަޟާ ކުރަމޭ ހިތަށް އަރުވާފައި ރޯދަ ހިފީމަ އިންޝާ ﷲ ރަގަޅުވާނެއެވެ. واللهأعلم 

(އޭނާއަށް އެދިމާވިގޮތަށާއި ޝައިޚް ދެއްވާފައިވާ ޖަވާބަށް ބަލައިފިނަމަ އޭނާގެ ރޯދައެއް ނުގެއްލެއެވެ. އެހެނީ އޭނާ އެބުނަނީ މަނިބޭރުވީ ކަމަށެވެ. ބޭރުކުރީކަމަކަށް ނޫނެވެ. ޝައިޚް އެވިދާޅުވަނީ " ރޯދަޔަށް ހުއްޓާ މަނިބޭރުވުމަކުން ރޯދައެއް ނުގެއްލޭނެ" ކަމަށެވެ. ވީމާ އޭނާގެ ރޯދަ އެގެއްލުނީ ރޯދަ ގެއްލިއްޖެކަމަށް ހީކުރެވި ރޯދަ ދޫކޮށްލެވުމުންނެވެ.)  

އިތުރު ސުވާލެއް:  

އަނބިމީހާގެ ހުންނަ ބައްޔެއްގެ ސަބަބުން ގުޅުން ނުހިންގޭނަމަ ފާފަވެރިވާނެތޯ؟ 

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޢުޛުރެއްގެ ސަބަބުން އަނބިފިރިކަމުގެ ގުޅުން ހިންގުމަށް ނުކުޅެދުމަކީ ފާފަވެރިވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ތިމައްސަލާގައި ކަމުގެ ތަޖްރިބާ ހުރި މީހަކާ ވާހަކަ ދައްކައިގެން ޙައްލަކަށް އައުން މުހިންމެވެ. واللهأعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން