ނޫޙްގެފާނުގެ ވާހަކަ-: ޚާއްޞަ މާތް ކަންތައްތަކެއް

ކިޔުމަށް ހޭދަވާނީ 1މ 50ސ
ނޫޙްގެފާނުގެ ވާހަކަ-: ޚާއްޞަ މާތް ކަންތައްތަކެއް

ޢަލީ އިޙްޞާން ފިރާޤް

 

نوح عليه السّلام އަކީ އަރަހުށި މާތްޢާލަމްތަކުގެ މައްޗަށް މާތްކުރެއްވި ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ރަސޫލު ބޭކަލެކެވެ. މިކަމަށް އިޝާރާތް ކުރައްވައި އާލުޢިމްރާން ސޫރަތުގެ 33 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

"إِنَّ اللَّـهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ ﴿٣٣﴾ "

މާނައީ: "ހަމަކަށަވަރުން، اللَّه، آدم ގެފާނާއި، نوح ގެފާނާއި، إبراهيم ގެފާނުގެ آل ވެރިންނާއި، عمران ގެ آل ވެރިން (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް خيار ކުރެއްވިއެވެ." 

މިއާޔަތުގެ ތަފްސީރުގައި، އަލްއިމާމުލް ޤުރްޠުބީ ލިޔުއްވައިފައިވެއެވެ."نوح عليه السّلام ފަސްކަމަކުން މާތް ކުރެއްވިއެވެ. ފުރަތަމަކަމަކީ، އާދަމުގެ ދަރީންގެ ދެވަނަ ބަފައިކަލަކު ކަމުގައި ލެއްވުމެވެ. އެހެނީ، އާދަމުގެދަރިފަސްކޮޅު ފިޔަވައި އެހެން އެންމެންވަނީ ޠޫފާނުގެ ތެރޭގައި ނެތިފަނާވެ ގޮސްފައެވެ. ދެވަނަ ކަމަކީ ޢުމުރުފުޅު ދިގުކުރެއްވުމެވެ. ތިންވަނަ ކަމަކީ ކާފިރުންނާއި މުއުމިނުންނާމެދު ކުރެއްވި ދުޢާ އިޖާބަކުރެއްވިކަމެވެ. ހަތަރުވަނަ ކަމަކީ ނައުކޮޅުގައި ލައްވައި ސަލާމަތްކުރެއްވިކަމެވެ. ފަސްވަނަ ކަމަކީ ޝަރީޢަތެއް ބާވައިލެއްވި ފުރަތަމަ ރަސޫލަކުކަމުގައި ލެއްވުމެވެ."

{އިމާމުލް ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، އާލުޢިމްރާން ސޫރަތުގެ 33 ވަނަ އާޔަތުގެ ތަފްސީރު}

މިއަދު އޮންލައިން