މައިންބަފައިންގެ ނުރުހުމުގައި ކައިވެނިކުރުން: މިކަމަގުޅިގެން ޝައިޚްލިޔުއްވާފައިވާ ލިޔުމުގައި " މަގްބޫލުޢުޛުރަކީ ކައިވެނިކުރަން އުޅޭފ ިރިހެންކުއްޖާއަކީ ނުވަތަ އަންހެންކުއްޖާއަކީ ދީނީގޮތުންނާ އިއަޚްލާގީގޮތުން ދަށުދަރަޖައިގެ ކުއްޖަކަށްވުމެވެ. އެނޫންކަމަކާހުރެ ކައިވެންޏަށް ހުރަސްއެޅުމުގެބާރު މައިންބަފައިންނަށް ލިބިގެންނުވެއެވެ".... މިހެން ވިދާލުވެފައިވެއެވެ.. މިސާލަކަށް އަދި ފިރިހެންކުއްޖާގެ ކިބާގައި އަންހެންކުއްޖާ ބަލަހައްޓަwi ގެންގުޅެވޭނެވަރުގެ މާލީފެންވަރު ނެތުން އެއީ މަގުބޫލު އުޒުރަކަށް ނުވާނެތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(إِذَاأَتَاكُمْمَنْتَرْضَوْنَخُلُقَهُوَدِينَهُفَزَوِّجُوهُإِلَّاتَفْعَلُواتَكُنْفِتْنَةٌفِيالْأَرْضِوَفَسَادٌعَرِيضٌ)
މާނައަކީ: "އަޚްލާގު ގޮތުންނާއި ދީނުގެ ގޮތުން ތިޔަބައިމީހުން ރުހޭ މީހަކު ކައިވެންޏަށް އެދިގެން އަތުވެއްޖެނަމަ ކައިވެނި ކޮށްދޭ ހުށި ކަމެވެ. ނޫންނަމަ ބިންމަތީގައި ފިތްނަވެރި ކަމަކާއި ބޮޑުވެގެންވާ ފަސާދަ އެއް އުފެދިދާނެއެވެ".
އެހެންކަމުން، ކިތަންމެ ފަގީރު ނަމަވެސް ދީންވެރި ކަމުގެ ގޮތުން ރަގަޅު ނަމަ ކައިވެންޏަށް އިންކާރު ކުރެވިދާނެ ކަމަށް އަޅުގަޑަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް، އަންހެން ކުއްޖާ އަށް ވިސްނައިދެވިދާނެއެވެ. އަންހެން ކުއްޖާ ކައިވެނި ކުރަން ބޭނުންނަމަ އިންކާރު ކުރުމުގެ ޖާގަ އެއް ނެތެވެ. والله أعلم.