ފަހުން މާރަނގަޅު ފުރުޞަތު ލިބުމުގެ އުންމީދުގަ މަޑުނުކުރާށެވެ! އެއީ ކޮބައިކަން އެނގޭނީ ކާކަށްހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފަހުން މާރަނގަޅު ފުރުޞަތު ލިބުމުގެ އުންމީދުގަ މަޑުނުކުރާށެވެ! އެއީ ކޮބައިކަން އެނގޭނީ ކާކަށްހެއްޔެވެ؟: މުފްތީ މެންކް

ތިމާ ކުރަން ބޭނުންވާ ހެޔޮކަމެއް ކުރަން ބޭނުންވުމުން އެންމެ ރަނގަޅު ފުރުޞަތު ލިބެންދެން މަޑުނުކުރާށެވެ! އަދި ދުނިޔަވީ ގޮތުން ކުރާ ކަންކަމުގައިވެސްމެއެވެ. އެންމެ ރަނގަޅު ފުރުޞަތަކީ ކޮބައިކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ ތިމާ ކުރަން ބޭނުންވާ ކަމެއް ކުރެވޭނެ މަގު ފަހިވުމުން އަވަހަށް އެކަމެއްކޮށް ނިންމައިލާށެވެ! ނުވަތަ އެކަމެއް ކުރަން މަސައްކަތްފަށާށެވެ! 

ބަލަންވީ އެންމެ ކަމަކަށެވެ. އެއީ އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއްތޯއެވެ! އެކަމެއް ކުރުމުން އާޚިރަތް ލިބުމަށް އެއްވެސް ހުރަހެއް އެޅޭނެތޯއެވެ. ވަގުތަށް ބަލަން ޖެހޭނީ އެކަމެއް ކުރުމުގެ ވަގުތު ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ކަންކަން ކުރުމުގައެވެ. އެއީ ނަމާދުކުރުމާއި ރޯދަހިފުމާއި ޙައްޖުވުން ފަދަ ކަންކަމުގައެވެ. 

ތިބާ އާއި ޚިޔާލުތަފާތުވާ، އަދި ތިބާ އާއި ނުރުހޭ އެންމެންގެ ރުހުން ހޯދަން އެމީހުންނާ ބަހުސްކުރަން ވަގުތު ނަގައިނުލާށެވެ! ކިތަންމެ ގިނަ ދަލީލުތަކެއް ދެއްކިނަމަވެސް އެއިން އެއްވެސް ކަމެއް ޤަބޫލުނުކުރާނެ ބައަކު އަބަދުވެސް ތިބޭނެއެވެ. 

އެއްވެސް މީހަކު ދުނިޔެއަށް ފޮނުއްވަވަނީ އެންމެންގެ ރުހުން ހޯދައިގެން އެމީހުން ރުއްސައިގެން ދުނިޔޭގައި އުޅޭކަށް ނޫނެވެ. ވީމާ ބައެއްގެ ނުރުހުން އޮތުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ދުނިޔެއަށް ފޮނުއްވަވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެކަމަށް މަސައްކަތްކުރީމާ އެމީހާ ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު ޙާޞިލުކުރެވުނީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން