ފަހުން ހޭލައިގެން ވިތުރިކުރެވޭނެ ކަމުގެ ޔަޤީންކަން ނެތްނަމަ ވިތުރިނުކޮށް ނުނިދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ފަހުން ހޭލައިގެން ވިތުރިކުރެވޭނެ ކަމުގެ ޔަޤީންކަން ނެތްނަމަ ވިތުރިނުކޮށް ނުނިދާށެވެ!

ވިތުރި ކުރުމުގެ ވަގުތު ދެމިގެންގޮސްފައިވީނަމަވެސް ނިދާފައި ހޭލެވިދާނެކަމުގެ ޔަޤީންކަން ނެތް މީހާއަށް އޮތީ ވިތުރިކޮށްގެން ނިދުމެވެ. ސަބަބަކީ ނިތުރިނުކޮށް ނުނިދުމަކީ ރަސޫލް ކުރައްވަވާ ވަޞިއްޔަތްފުޅެކެވެ. 

ވިތުރި ކުރުމުގެ ވަގުތާއިބެހޭ ގޮތުން ގިނަބައަކު ސުވާލުކުރެއެވެ. ވިތުރީގެ ވަގުތަކީ ޢިޝާ ނަމާދުން ފެށިގެންގޮސް ފަތިސްނަމާދުގެ ވަގުތާއި ހަމައަށެވެ. ނަމަވެސް ވިސްނައިލަންވީ ކަމަކީ ވިތުރިކުރަންޖެހޭ ކަމެވެ. އެއީ ސުންނަތްކަންގަދަވެގެންވާ ނަމާދެކެވެ. 

ވިތުރު ކުރުން ސުންނަތް އެއް ގޮތަކީ ކުރިން 2 ރަކްޢަތްކޮށްގެން ނިދައި ފަހުދަންފަޅީގައި ހޭލައި ދަމުނަމާދުކުރުމަށްފަހު ވިތުރިގެ ފަހު ރަކްޢަތް ކުރުމެވެ. އެހެންކަމާއިއެކުގައިވެސް ފަހުން ހޭލެވޭނެ ކަމުގެ ޔަޤީންކަން ނެތްނަމަ ނިދުމުގެ ކުރިން 3 ރަކްއަތްކުރާށެވެ! 

ދަމުނަމާދާއި ވިތުރި ފަތިސް ނަމާދާއި ކައިރިކޮށް ކުރެވޭނެއެވެ. އެއީ އެއްވެސް މައްސލައެއް އޮތް ކަމެއް ނޫނެވެ. ފަތިސް ނަމާދަށް ބަންގި ގޮވަން ކައިރިކޮށް ތެދުވެ ދަމުނަމާދާއި ވިތުރު ކުރުމުން ފުދޭނެއެވެ. 

ދަމު ނަމާދަށްފަހު ކީރިތި ޤްރްއާން ކިޔަވައި ދުޢާކޮށް ހެދުމުގެ މުހިންމުކަން ޢިލްމުވެރިން ފާހަގަކުރައްވައެވެ. ވީމާ އެމީހަކަށް ވެވުނު އެންމެ އަވަހަކަށް ތެދުވެ ދަމުނަމާދު ކުރުމަކީ ވަރަށް ރަނގަޅު، ފައިދާހުރި ކަމެކެވެ. 

ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ދަމުނަމާދާއި ވިތުރުކުރާ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން