ޖިބްރީލްގެފާނަށްވެސް އެނގިވަޑައިނުގަތުމުން ﷲ ތަޢާލާގެ ޙަޟްރަތުން ގެނެސްދެއްވެވި ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޖިބްރީލްގެފާނަށްވެސް އެނގިވަޑައިނުގަތުމުން ﷲ ތަޢާލާގެ ޙަޟްރަތުން ގެނެސްދެއްވެވި ޖަވާބު-

މިއަދު މީހެއްގެ ގާތުގައި އެންމެ ނުބައިކަންބޮޑު ބިމަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ އެއީ މިވެނި އެވެނި ތަނެއް ކަމަށް ބުނާނެއެވެ. ވިސްނައިވެސް ނުލައި ޖަވާބުދޭނެއެވެ. ނަމަވެސް މިސުވާލު ރަސޫލް އާއި ކުރެވުނު ހިނދު ކަންތައްތައްވީ ގޮތށާއިމެދު ވިސްނައިލާށެވެ. 

ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވީ އެނގިވަޑައި ނުގަންނަވާކަމަށެވެ. އެވަޤުތު އެތަނަށް ޖިބްރީލްގެފާނު ވަޑައިގަތުމުން ރަސޫލް ހަމަ އެސުވާލު ކުރެވެވިއެވެ. ޖިބްރީލްގެފާނުވެސް ވިދާޅުވީ އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެސުވާލު ޖިބްރީލްގެފާނާއި ކުރެއްވެވުނީތީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގެން ޖަވާބު ހޯއްދަވައިގެން ގެނެސްދެއްވެވިއެވެ. ވިދާޅުވީ އެއީ ބާޒާރުތައް ކަމުގައެވެ. 

ބާޒާރުތައް އެހައި ނިބައިަކްނބޮޑު ތަނަކަށް ވެގެން އެދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެހެނީ ބާޒާރުތަކަކީ ހުރިހާ ބާވަތެއްގެ ނުބައިކަންތައްތައް ކުރެވޭ ތަނަކަށްވާތީއެވެ. ވިޔަފާރީގައި މަސްއޫލްވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނެތިގެންދާތީއެވެ. 

ކޮންމެއަކަސް މިއަދު ބާޒާރުތައް ވެފައި މިވަނީ މީސްތަކުން އެންމެ ގަޔާވާ ތަނަށެވެ. ބޭނުމެއް ނެތިވެސް ގޮސްއުޅޭހިތްވާ ތަނަކަށެވެ. ނަމާދަށްދާން ޒީނަތްތެރިވާވަރަށްވުރެ މާބޮޑަށް ޒީނަތްތެރިވެގެން ގޮސްއުޅޭތަނަކަށެވެ. ވީމާ ވިސްނައިލުން ބުއްދިވެރިއެވެ. 

ދެން ފާހަގަކޮށްލަން މިއުޅެނީ އެންމެ ބޮޑު ފާފައިގެ ވާހަކައެވެ. އެއީ ތިމާއަށް އެނގިގެން ނުވާ ވާހަކަތައް ﷲ ތަޢާލާ އާއި ގުޅުވައިގެން ދެއްކުމެވެ. ދީނުގެ ކަންކަމާއި ގުޅުވައިގެން ދެއްކުމެވެ. އެކަން ވެގެންދާނީ އަހުރެން ޤަބޫލުކުރުމުގައި ޝިރުކުރުމަށްވުރެވެސް ނުބައިކަން ބޮޑު ކަމަކަށެވެ. ވީމާ ތިމާއަށް ޔަޤީން ނުވާކަމެއްގެ ޥާހަކަ ﷲ ތަޢާލާ އާއި ނުވަތަ ﷲ ތަޢާލާގެ ދީނާއި ގުޅުވައިގެން ނުދައްކާށެވެ!

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން