އަނބިމީހާ ހަށިގަނޑު ރީތިކޮށް ބަހައްޓަން މަސައްކަތްކުރާނަމަ އޮތީ ޝައްކުކުރުމެއް ނޫން! އޮތީ ހިތްވަރުދި އެހީތެރިވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
އަނބިމީހާ ހަށިގަނޑު ރީތިކޮށް ބަހައްޓަން މަސައްކަތްކުރާނަމަ އޮތީ ޝައްކުކުރުމެއް ނޫން! އޮތީ ހިތްވަރުދި އެހީތެރިވުން!

މިފަދަ ޢިލްމީ ހޭލުންތެރިކަން ބޮޑު ޒަމާނެއްގައި އެންމެ ބޮޑަށް ހޭލުންތެރިވާންޖެހޭ ކަންކަމުގައި އޮންނަނީ ހޭލުންތެރި ނުވެވިފައެވެ. މިބުނަނީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމުގެ ވާހަކައެވެ. މިދައްކާ ވާހަކަތަކަށް ދެމަފިރިންވެސް ސަމާލުކަންދޭށެވެ.  

ޢާންމުގޮތެއްގައި އަމިއްލަ ހަށިގަނޑަށް ސަމާލުކަންދޭ މީހުންގެ ތެރޭގައި ގިނަވާނީ އަންހެނުންނެވެ. ފިރިހެނުންނާއި އަޅުވައި ބަލައިފިނަމަ ހަށިގަނޑަށް ސަމާލުކަންދޭ އަހެނުންގެ އަދަދު ވަރަށް ބޮޑުތަނުން ގިނަވާނެއެވެ.  

މިހެން މިކަން މެދުވެރިވުމުން، ނުވަތަ އަނބިމީހާ އޭނާގެ ހަށިގަނޑަށްދޭ ސަމާލުކަން އިތުރުވާނަމަ އެއެއުޅެނީ ޒުވާންވާންވެގެން ކަމަށާއި ހިލޭ ފިރިހެނަކާއި ގުޅުން އުފައްދަން ކަމަށްވެސް ޝައްކުކުރެވިދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީ ކަމަސްނުވެވެސްދާނެއެވެ.  

ގިނަ އަންހެނުން އަބަދުވެސް ތިބޭނީ ޝައްކެއްގެ މަތީގައެވެ. "އަހަރެންގެ ފިރިމީހާއަށް އަހަރެން މިހާރުވެސް ހަމަ ރީތި ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑަށް މިއަންނަ ބަދަލުތައް އައުމުންވެސް ހަމަ އަހަރެންދެކެ ލޯބިވޭހެއްޔެވެ؟" މިފަދަ ސުވާލުތަކުގެ މަތީގައި ތިބޭއިރު އެކަން ބޮޑުވެގެންދާ އެއް ސަބަބަކީ ކޮންމެވެސް ކަމެއް މެދުވެރިވެގެން ފިރިމީހާއާއި ކޮންމެވެސް މިންވަރަކަށް ދުރުވެވުމެވެ.  

ފަހަރެއްގައި އެއީ އަނބިމީހާ އާއިމެދު އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމަށްވެސް ވެދާނެއެވެ!  މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ކަމެއްގެ ސަބަބުން ކަމަށްވެސްވެދާނެއެވެ. އެހާލަތުގައިވެސް ކުރިން ބުނި ފަދަ ގޮތްގޮތަށް އަނބިމީހާއަށް ޝައްކުތައް ކުރެވޭނެއެވެ.  

ވީމާ ފުރަތަމަ ކަމަކަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމުގެ އަސަރު އެއްވެސް މިންވަރު އަނބިމީހާއަށް ނުފޯރުވާށެވެ! ހިނިތުންވެފައި ހުރެގެން ނޫނީ އަނބިމީހާ އާއި ބައްދަލުނުކުރާށެވެ! އަދި އަނބިމީހާދެކެ ލޯބިވާކަމަށް އަނބިމީހާ ގާތުބުނާ މިންވަރު މަދުނުކުރާށެވެ! މިއިން އެއްވެސް ކަމެއް އުނިވާނަމަ އަނބިމީހާގެ ހިތުގައި ބޮޑެތި ޝައްކުތައް އުފެދޭނެއެވެ!  

މިއީ ޟަޢީފް ޙަދީޘްފުޅެކެވެ. ނަމަވެސް މި މިސާލަކީ މިފަދަ ކަންކަމުގައި އަމަލުކުރަންޖެހޭނެ އެންމެ ރަނގަޅު ގޮތުގެ ވަރަށް ފުރިހަމަ މިސާލެކެވެ.

ހަދީޘްފުޅުގައިވާ ގޮތުން ޢައިޝަތުގެފާނު އެކަމަނާދެކެ ރަސޫލް ލޯބިފުޅުވެވަޑައިގަންނަވާ މިންވަރާއިބެހޭ ގޮތުން ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ޙަދީޘްފުޅުކުރެއްވެވީ "ބާރަށް ޖެހިފައިވާ، މޮހެ ނުލެވޭނެ ގޮށެއް ފަދަ" ކަމަށެވެ.  

ވީމާ އަނބިމީހާ ހަށިގަނޑު ރީތިކޮށް ބަހައްޓަން މަސައްކަތްކުރާނަމަ އޮތީ ނުބައި ކަންކަމަށް ޝައްކުކުރުމެއް ނޫނެވެ! އޮތީ ހިތްވަރުދިނުމެވެ! އެހެނީ އޭނާ އެކަންކަން އެކުރަނީ ހަމަ ތިބާދެކެވާ ލޯބިން ތިބާއަށްޓަކައެވެ. ތިބާ ގެއްލިގެންދިއަ ނުދިނުމަށެވެ. ތިބާ ފޫހިވެދާނެތީއެވެ! 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

 

މިއަދު އޮންލައިން