ދެމަފިރިން ވަރިވެފައިވާހާލު އެއްގެއެއްގެތެރޭގައި ދިރިއުޅުމަކީ ކޮންކަހަލަކަމެއްތަ؟
الحمد لله، والصلاة والسلام على من لا نبي بعده،
ރަޖްޢީ ވަރިއަކުން ވަރިކޮށްފައިވާ އަންހެންމީހާ ޢިއްދާގެ މުއްދަތު ހަމަވުމުގެ ކުރިން ގެއިން ނެރެގެން ނުވާނެއެވެ. ޢިއްދާގެ މުއްދަތު ހަމަވާއިރު، ކައިވެނި ރުޖޫޢަކޮށްފައި ނުވަނީނަމަ، ދެމަފިރިންނަކީ ހިލޭ ދެމީހުންނަށް ބަދަލުވެގެން ދާނެއެވެ. އެހެންކަމުން، އަންހެންމީހާގެ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއް، އެހެންވެސް ހިލޭފިރިހެނުންގެ ކުރިމަތީގައ ފޮރުވާގޮތަށް ފޮރުވަން ވާނެއެވެ.
އެހެންކަމުން ވަރިވެފައިވާ ދެމަފިރިން އެއްގެއެއްގެ ތެރޭގައި އުޅުމުގައި ބަލަން ޖެހޭނެކަމަކީ ދެމީހުން އެކަހެރިވޭތޯ، އެކަކު އަނެކަކަށް ޢައުރަނިވާކުރޭތޯ، މިފަދަ އެނޫންވެސް ހިލޭފިރިހެނުންނާއި މެދުގައި ބަލާ މިންގަޑުންނެވެ. واللهأعلم
އިތުރު ސުވާލެއް:
ސިގިރެޓްބުއިމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި ވުޟޫކޮށްގެން ހުރެ ސިނގިރެޓްބޮއެފިނަމަ ވުޟޫ ގެއްލޭނެތޯ؟
الحمد لله، والصلاة والسلام على من لا نبي بعده،
އިންސާނާއަށް ގެއްލުމެއްވެދާފަދަ ކޮންމެ ކަމަކީ އިސްލާމް ދީން އެކަމެއް ކުރުމަށް މަނާކުރައްވާފައިވާ ކަންތަކެވެ. ސިނގިރެޓަކީ ހަށިގަޑަށް ބޮޑެތި ގެއްލުންދޭ އެއްޗެއް ކަމުން އެޔާއި ދުރުހެލިވާން ޖެހެއެވެ. ވުޟޫކޮށްގެން ހުއްޓާ ސިނގިރެޓް ބުއިމަކުން ވުޟޫ އެއް ނުގެއްލޭނެއެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް