އަންހެންކުދިން ނިދާހެދުމަކަށް އަތްކުރު ޓީޝާޓެލުމުން ފިރިހެން ހެދުންލުންކަމުގަ ބެލެވޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އަންހެންކުދިން ނިދާހެދުމަކަށް އަތްކުރު ޓީޝާޓެލުމުން ފިރިހެން ހެދުންލުންކަމުގަ ބެލެވޭނެތޯ؟

الحمد لله، والصلاة والسلام على من لا نبي بعده، 

އަންހެންކުދިން ނިދާ ހެދުމަކަށް އަތްކުރު ޓީޝާޓް ލުމަކީ، (ލައިގެން ހުންނައިރު) ހިލޭފިރިހިނެނުންނަށް ނުފެންނަނަމަ މައްސަލައެއް ނޫނެވެ. واللهأعلم 

އިތުރު ސުވާލެއް: 

އަޅުގަނޑުރައްޓެއްސެއްގެ މަންމައަކީ މީހުން ބުނާގޮތުގައި ފަންޑިތަ ހަދާ މީހެކެވެ. ރަޙްމަތްތެރިޔާގެ ދެކުދިން އެކުދިންގެ މާމަ ކައިރިއަށް ޒިޔާރަތްކުރާދުވަހަކުވިއްޔާ ވަރަށް ރޮއެހަދައެވެ. ޚާއްޞަކޮށް ދެނަމާދު ދޭތެރޭ ރޮއެހަޅޭއްލަވާ ހަދައެވެ. މިހެން މިކުދިންނަށް ވަނީ ކޮންމެ ފަހަރަކުވެސް މާމަޔާއި ބައްދަލުކުރުމުންނެވެ. ވީމާ މިކަމަށް އަޅާނެ ފިޔަވަޅެއް ބުނެދެއްވާށެވެ.

الحمد لله، والصلاة والسلام على من لا نبي بعده،

މީހުން ދައްކާ ތޯތޯ ވާހަކަ އަކުން އެހެން މީހެއްގެ މައްޗަށް ކުށެއް ޘާބިތެއް ނުވާނެއެވެ. އިންސާނެއްގެ ބޮލުގައި ތިފަދަ ބޮޑު އިލްޒާމެއް އަޅުވަންވާނީ ފުރިހަމަ ހެކި ލިބިގެންނެވެ. އެހެންކަމުން، ރަޙްމަތްތެރިޔާގެ މަންމަ އަކީ ސުވާލުގައިވާފަދަ ނުބައި ކަމަކަށް އަރައިގަންނަ މީހެއް ކަމަށް ވަނީނަމަ، މަންމަ އަށް ނަޞޭޙަތްދީ ހެޔޮމަގަށް އެޅުވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެއެވެ. 

ދަރިންނަށްޓަކައި މައިންބަފައިން ގެ ހެޔޮ ދުޢާ އަކީ ވަރަށްވެސް މުހިއްމު އެއްޗެކެވެ. އެހެންކަމުން، ދަރިންގެ ކިބައިން އުނދަގުލެއް ފެނިއްޖެނަމަ، އެކަމެއް ފަސޭހާކޮށްދެއްވުން އެދި ހެޔޮ ދުޢާކޮށް ދޭށެވެ. ދިވެހި ބަހުން ދުޢާ ކުރިނަމަވެސް މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. واللهأعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން