އިސްލާމް ދީން އުނގެނެން މަސައްކަތްކުރުމުގައި ގިނަބައަކު ފޭލްވެފައިވާ ބައި-: އާރނޯޑް ވޭން ޑޯރންގެ ދުލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އިސްލާމް ދީން އުނގެނެން މަސައްކަތްކުރުމުގައި ގިނަބައަކު ފޭލްވެފައިވާ ބައި-: އާރނޯޑް ވޭން ޑޯރންގެ ދުލުން

"އިޚްލާސްތެރި ހިތަކާއިގެން އިސްލާމް ދީން އުނގެނެން މަސައްކަތްކޮށްފިނަމަ ބޭނުންވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ. ހެޔޮ ވިސްނުމަކުން އިސްލާމްދީނާއިމެދު ވިސްނައިފިނަމަ ސިކުނޑިން ހިތަށް (ނުވަތަ ހިތުން ސިކުނޑިއަށް) ފޮނުވައިދޭނީ ހުސް ރަނގަޅު ކަންކަން."

މިއީ އިސްލާމް ދިނުގެ ބޮޑު ހަތުރެއްގެ ގޮތުން ޙަރަކާތްތެރިވި ނެދަރލޭންޑްސްގެ އެމްޕީ. މިހާރު އިސްލާމްވެފައިވާ އާރނޯޑް ވޭން ޑޯރން މިމަހުގެ 11 ވަނަ ދުވަހު ދީފައިވާ ޓީވީ އިންޓަރވިޔުއެއްގައި ބުނެފައިވާ ބަސްކޮޅެކެވެ. 

މިބަސްކޮޅާއި އޭނާގެ އެހެން ވާހަކަތައް އަޑުއިވުމުން ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ އޭނާ އެބުނާ އެންމެ މުހިންމު ވާހަކައެވެ. "އިޚްލާސްތެރި ހިތަކާއިގެން އުނގެނެން " އަދި " ހެޔޮ ވިސްނުމަކުން ވިސްނައިފިނަމަ" މި2 ތަންކޮޅެވެ. 

އޭނާ އަކީ މީގެ 110 ވަރަކަށް އަހރުކުރިން އިސްލާމްވި މީހެކެވެ. އޭނާއަށް އެކަން އެނގިއްޖެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންގެ ގޮތުގައި އުފަންވެ އެންމެ ކުޑައިރުންސުރެ އިސްލާމްދީނާއިމެދު ވިސްނައި އުނގެނެން މަސައްކަތްކުރާ ބައަކަށްވާއިރު އަޅުގަނޑުމެންގެ ތެރެއިން ބައަކަށް މިކަންކަން ޤަބޫލުނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

ކުރިއަށް މިއޮތީ ޤުރްއާނުގެ މައްސަރެވެ. އަޅުކަންކުރުމުގެ މައްސަރެވެ. ދީނުިގެ ކަންކަން މުރާޖަޢާ ކުރުމުގެ މައްސަރެވެ. އަޅުގަނޑުމެން ކުރާ މަސައްކަތުންވެސް އޭނާއަށް ޤަބޫލުކުރެވޭ ކަންކަން ޤަބޫލުކުރެވޭތޯ މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑުކަން ފާހަގަ ކުރެވެއެވެ.

އާރނޯޑް ވޭން ޑޯރން ދުނިޔޭގެ ހުރިހާ ކާފިރުންނަށް މެސެޖެއްގެ ގޮތުން ބުނެފައިވަނީ މީޑިއާ އާއި ސިޔާސީ މީހުން އިސްލާމް ދީނާއި ދެކޮޅަށް ދައްކާ ވާހަކަތައް ހަމައެކަކުވެސް ޤަބޫލުނުކުރުމަށެވެ. އަމިއްލައަށް ރިސާޗްހަދައި ކަންކަން އުނގެނުމަށެވެ. އެކަން ނުކޮށްފިނަމަ ކޮންމެ މީހަކަށްވެސް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކު އަމިއްލައަށް ކަމަށެވެ.

މިއަދު އޮންލައިން