ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއްތޯ؟
الحمد لله، والصلاة والسلام على من لا نبي بعده،
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ކިބައިން ބުޚާރީ އާއި މުސްލިމް ގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. "ތިޔަބައިމީހުން ހުކުރުގެ ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހެއް ނުހިފާނަމަ ހުކުރު ދުވަހު ރޯދަ ނުހިފާށެވެ".
މިޙަދީޘުން ދޭހަވާ ގޮތުގައި ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުމަކީ ރަގަޅު ކަމެއް ނޫނެވެ.
އިތުރު 2 ސުވާލު:
ދެމަފިރިންގެގުޅުން ހިންގާއިރު ކުރުން މަނާ އެއްވެސް ކަމެއް އޮތްނަމަ އެކަމަކާއ ސަބަބު ބުނެލަދީފާނަންތޯ؟
الحمد لله، والصلاة والسلام على من لا نبي بعده،
އަނބިމީހާގެ ފުރަގަސްފަރާތް ފިޔަވައި ހުރިހާ ތަނެއް ފިރިމީހާ އަށް ހުއްދަ އެވެ. ޙައިޟު ގެ ދުވަސްވަރު ކުރިމަތި ފަރާތާއި ފުރަގަސް ފަރާތް ފިޔަވައި ހުރިހާ ތަނެއް ހުއްދަ އެވެ.
އަންހެނާ އެދުންފުއްދުމުގެ ނިޔަތުގައި ނޫން ގޮތަކަށް ފަރުޖައް އަތްލުމަކީކޮންކަހަލަކަމެއް؟
الحمد لله، والصلاة والسلام على من لا نبي بعده،
އަންހެނާ އެދުންފުއްދުމުގެ ގޮތުން ނޫންގޮތަކަށް ފަރްޖުގައި އަތްލުމަކުން މައްސަލަ އެއް ނެތެވެ. އެހެންނަމަވެސް، އެއްވެސް ބޭނުމެއް ނެތް ގޮތުގައި މިފަދަ ޙައްސާސީ ގުނަވަން ތަކުގައި އަތްލާ ހެދުމަކީ ނުބައި މަގަކަށް މަގުފަހިކޮށްދީފާނެ ކަމެއް ކަން ދަންނަންވާނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް