ރަމަޟާން މަހު ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކުރިއަށް ކަނޑައަޅައި މަސައްކަތްކުރަން ބޭނުންވާ މީހުން ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރަމަޟާން މަހު ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކުރިއަށް ކަނޑައަޅައި މަސައްކަތްކުރަން ބޭނުންވާ މީހުން ޢަމަލުކުރަންވީ ގޮތް-

ރަމަޟާން މަހު ރޯދަހިފުމަށް ނިޔަތް ގަތުމަކީ ކޮންމެހެން ރަމަޟާން މަސް ބައްދަލުކުރުމުން ކުރަން އޮތްކަމެއް ނޫނެވެ. އަބަދުވެސް ހުންނަންވާނީ ރަމަޟާންމަހާއި ބައްދަލުވެއްޖެނަމަ ރޯދަ ހިފުމުގެ ނިޔަތުގައެވެ. މުޅި ރަމަޟާން މަހަށް އެއްކޮށްލައިގެން ނިޔަތް ގަތުމުން ފުދޭކަން އެއީ މިކަމުގެ ދަލީލެވެ. 

ރަމަޟާން މަހު ރޯދަ ހިފުމަށް ނިޔަތްގަތުމާއިއެކު ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ ހިތްޠޯހިރު ކުރުމެވެ. ލިބުނު މިންވަރަކުން ޞަދަޤާތްކުރުމަކީ އެކަމަށް އޮތް އެއް މަގެވެ. ޞަދަޤާތް ދިނުމަކީ ހީތްޠޯހިރުކޮށްދޭ ޢަމަލެކެވެ. އިން ޝާ ﷲ 

ހަމައެއާއިއެކު ރަމަޟާންމަހު ކޮންމެ ދުވަހަކުވެސް ތިމާ ކުރާނެ ޢަމަލުތައް ކުރިއަށް ކަނޑައަޅަންވާނެއެވެ. އަދި ކޮންމެ ގޮތަކުން ނަމަވެސް އެދުވަހަކު އެންމެ މަދުން ކުރާނެ މިންވަރު ކަނޑައަޅައި އެމިންވަރު ޙާޞިލްކުރަން މަސައްކަތްކުރަންވާނެއެވެ. 

މިޘާލަކަށް ބުނާނަމަ ކިތަންމެ ބޭނުންވި ނަމަވެސް ދުވާލަކު ފޮތެއް ނުކިޔެވޭނެ މީހުންވެސް ތިބޭނެއެވެ. އެއީ އެމީހާގެ ޞިއްޙީ ޙާލަތު ހުންނަ ގޮތުންނާއި އެހެންވެސް ސަބަބުތަކާއިހުރެއެވެ. އެމީހަކަށް ޤުރްއާން ކިޔެވޭނެ މިންވަރު އެންމެ ބޮޑަށް އެނގޭނީ އެމީހަކަށެވެ. ވީމާ އެމީހަކަށް ކިޔެވޭނީ ދުވާލަކު 10 ޞަފްޙާނަމަ އެކަމަށް ނިޔަތްގަނެ ޢަޒުމް ކަނޑައަޅަންވާނެއެވެ. އަދި ޙާލަތު ތަންދޭނަމަ ވީވަރަކުން އިތުރުކުރަންވެސް މަސައްކަތްކުރަންވާނެއެވެ. 

ސުންނަތް އަޅުކަންކުރުމާއި ޞަދަޤާތް ދިނުމާއި އެހެން ކަންކަމުގައިވެސް އޮތީ ހަމަ މިމަގުން ޢަމަލުކުރުމެވެ. އެމީހަކު ކުރަން ނިޔަތް ގަންނަ ވަރަށް ކުރަން ޢަޒުމްކަނޑައަޅައިގެން މަސައްކަތްކުރަންވާނެއެވެ. މަސައްކަތްކުރުމާއިއެކު ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން