ފިރިމީހާ އަނބިމީހާއާއި ޙަވާލުކޮށްފައި ހުންނަ ފައިސާއިން އަނބިމީހާ ޞަދަޤާތް ކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ފިރިމީހާ އަނބިމީހާއާއި ޙަވާލުކޮށްފައި ހުންނަ ފައިސާއިން އަނބިމީހާ ޞަދަޤާތް ކުރުން-

ފިރިމީހާ އަނބިމީހާއާއި ޙަވާލުކޮށްފައި ހުންނަ ފައިސާއިން އަނބިމީހާ ޞަދަޤާތް ކުރުމާއިމެދު ވަރަށް ގިނައިން ސުވާލުކުރެވެއެވެ. ރަމަޟާން މަހު އަނބިންވެސް ވީހައި ގިނައިން ޞަދަޤާތްކުރަން ބޭނުންވާނެއެވެ.

އެކަމުގައި ފެންނަން މިއޮތީ ދެގޮތެކެވެ. އެއްގޮތަކީ ފިރިމީހާގެ ހުއްދަ ހޯދަންޖެހޭ ޙާލަތެކެވެ. އަނެއް ގޮތަކީ އަނބިމީހާއަށް އިޚްތިޔާރު ލިބިގެންވާ ޙާލަތެކެވެ.

ޞަދަޤާތްކުރުން އެންމެ ރަގަޅީ ކަނާތުން ދޭ އެއްޗެއް ވައަތަށް ނޭނގޭހައިވެސް ސިއްރުންނެވެ. އެކަމަކު އަންހެނަކަށް އޭނާގެ ފިރިމީހާ ރުފިޔާ ދީ ބަލަހައްޓާއިރުއެރުފިޔާއަށް ވާގޮތް އެގެންޖެހެއެވެ. އެހެންކަމަށްވާނަމަ ޞަދަޤާތްކުރާއިރުފިރިމީހާއަށް ސިއްރުކުރަން ޖެހޭނެތޯ؟ އަދި ސިއްރުކޮށްގެން ދޭނަމަ ރުފިޔާމަދުވެގެން ފިރިމީހާ ސުވާލުކުރާއިރު ދޭނެ ޖަވާބަކީ ކޮބައިތޯ؟

1 ފިރިމީހާގެ ފައިސާ އަނބިމީހާ އާއި ޙަވލުކޮށްފައިވަނީ ފޮރުވަން ކަމަށްވަނީ ނަމަ އެފައިސާ އަށް ރައްކާތެރިވާން ވާނެއެވެ. އަދި ފިރިމީހާ ގެ ހުއްދަ އަކާއި ނުލައި އެހެންކަމަކު އެފައިސާ ބޭނުންކޮށްގެން ވެސް ނުވާނެއެވެ.

2 އަނބިމީހާގެ ޚަރަދުގެ ގޮތުގައި ފިރިމީހާ ދީފައި ހުރިފައިސާ ކަމަށް ވަނީ ނަމަ ފިރިމީހާ އަށް ނޭގި ޞަދަގާތް ކުރެވިދާނެއެވެ.واللهتعالىأعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން