ރިޒްޤް އިތުރުވުމަށް އެދެމުތަ؟ ކޮންމެގޮތަކުން ނަމަވެސް މި 2 ކަންތަކަށް ސަމާލުކަންދޭށެވެ! : މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރިޒްޤް އިތުރުވުމަށް އެދެމުތަ؟ ކޮންމެގޮތަކުން ނަމަވެސް މި 2 ކަންތަކަށް ސަމާލުކަންދޭށެވެ! : މުފްތީ މެންކް

ރަމަމާން މަސް ދާދި ކައިރިވީއެވެ. އެހެން ަމސްތަކަށްވުރެ ގިނަ ބައަކު ފަތިސްނަމާދުކުރާނެއެވެ. އަދި ފާފަކުރުމާއިވެސް ދުރުހެލިވާނެއެވެ. އެހެނަސް މިކަންކަމަކީ ރަމަޟާންމަހަސް އެކަނި ޚާއްޞަކުރާ ކަމެއްކަމުގައި ހަދައިފިނަމަ ޢަމަލުކުރެވުނީ ރަނގަޅަށް ކަމަކަށް ނުބުނާނަމެވެ.  

ކޮންމެ ދުވަހަކުވެސް ދުވަސްފެށެނީ ފަޖުރުލުމުންނެވެ. ފަޖުރުލުމާއިއެކު ﷲ ތަޢާލާގެ ފަރާތްޕުޅުން އިމާމް އެ ގޮވާލަނީއެވެ.    حي على الفلاح ފަލާޙް (ކާމިޔާބު) ލިބިގަތުމަށް އަވަހަށް އަންނާށެވެ! الصلاة خير من النوم" ނިދަން އޮތުމަށްވުރެ ނަމާދަށް އައުން މާރަނގަޅެވެ.

މިފަދައިން ތަކުރާރުކޮށް ގޮވާލުމުންވެސް ތިބާއަށް މިއިން އެއްވެސް އަޑެއް އިވޭކަމަކަށް ނުވެއެވެ. "އަހަރެންނަށް ރަނގަޅީ ނިދުން" ކަމަށްބުނެފައި ތިއަ ނިދަނީއެވެ. ދެންވެސް ނިދީން ހޭލެވުމާއިއެކު ތިއަ އެދެނީ ރިޒުޤަށެވެ! ކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރެވުމަށެވެ!  

މިއީ ކޮންގޮތަކަށް ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟  

ބައެއް މީހުންނަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ތިމާ މިހާރު މިހުރީ ފުދިގެންކަމަށް ބަލައި ފާފަތައް ކުރަންފަށައެވެ. ﷲ ތަޢާލާ ދެއްވެވި ފައިސާއިން ޚަރަދުކޮށްގެން ﷲ ތަޢާލާ ނަހީ ކުރެއްވެވި ބޮޑެތި ފާފަތައް ކުރަން ބިރުނުގަންނައިރު އެންމެކުޑަމިނުން ލަދެއްވެސް ނުގަނެއެވެ.  

ވިސްނާލަން ޖެހޭ ކަމަކީ ފާފަކުރާނަމަ ރިޒްޤް ދަތިކުރައްވަވާނެ ކަމަށް ޙަދީޘްފުޅުގައި އޮތް ކަމެވެ. ރިޒްޤް ތަނަވަސްވުމަށް ވެސް ކުރަން އޮތް އެންމެ ރަނގަޅު އެއް ޢަމަލަކީ އިސްތިޣްފާރުކުރުންކަން ވެސް އެނގެން އޮތް ކަމެވެ.  

ދެން މިވާގޮތަކީ ވަކި ހިސާބަކުން ﷲ ތަޢާލާ އެމީހަކު ހިއްޕަވަތެވެ! ނިކަމެތިކުރައްވަވަތެވެ! އެހިސާބުން ކަންކަން ވިސްނި ދެރަވެސްވެއެވެ. ހިތާމަކޮށް ތައުބާވެ ދުޢާކުރަންވެސް ފަށައެވެ!  

ރިޒުޤް ބޭނުންވާ މީހާ، ރިޒްޤް އިތުރުވުމަށް ބޭނުންވާ މީހާ މި 2 ކަންތަކަށް ސަމާލުކަން އިތުރުކުރާށެވެ! ރިޒްޤް އިތުރުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން