ނިކަމެތިންނަށް އެހީތެރިވޭ! ފަޤީރެއްގެ އެންމެ ދުޢާއަކީ ވެސް ތިބާ ނަރަކައިން ސަލާމަތްކުރައްވަވާ ސަބަބަށް ވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ނިކަމެތިންނަށް އެހީތެރިވޭ! ފަޤީރެއްގެ އެންމެ ދުޢާއަކީ ވެސް ތިބާ ނަރަކައިން ސަލާމަތްކުރައްވަވާ ސަބަބަށް ވެދާނެ!: މުފްތީ މެންކް

މިފެށެނީ ބަރަކާތްތެރި ރަމަޟާން މަހެވެ. އެމަހެއްގައި ރަސޫލް ﷺ ދީލަތިކަން އެންމެ އިތުރުކުރެއްވެވި މައްސަރެވެ. ވީމާ އެމީހަކަށް ވެވުނު މިންވަރަކުން ދީލަތިކަން އިތުރުކުރާށެވެ! އަތްމަތި ދަތި ނިކަމެތި ޙާލުގައި ތިބި މީހުންނަށް އެހީތެރިވާށެވެ.

ރަމަޟާންމަހު ޞަދަޤާތްކުރުން އިތުރުކުރަން އެދޭމީހާ ރަމަޟާން މަސް އަންނަންދެން މަޑުނުކުރާށެވެ! މިހާރުންސުރެ އެކަމަށް މަސައްކަތްކުރަންފަށާށެވެ! ޞަދަޤާތްކުރަމުން ގެންދާށެވެ!

އެންމެ ޑޮލަރެއްގެ މިންވަރަކީ ތިބާއަށް އެއްވެސް އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް ޙާލުގައި ޖެހިފައިވާ މީހަކަށް ލިބޭ އެންމެ ޑޮލަރަކީ އޭނާގެ މުޅި ޙަޔާތަށް އުފާވެރިކަން ލިބޭނެ އެއްޗަކަށްވެދާނެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ ހެޔޮ ދުޢާއަކީ ތިބާގެ އާޚިރަތް ކާމިޔާބުކުރެވުމަށް މެދުވެރިވާ ސަބަބުކަމުގައިވެސް ވެދާނެއެވެ!

އެހެން އެކަން ނުވާންވީވެސް ކީއްވެގެން ހެއްޔެވެ؟ ޙަދީޘްފުޅުގައި އޮތީ "ކަދުރު އޮށެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކޮށްގެން ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމަށެވެ."

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން