މުފްތީ މެންކްގެ އަގުހުރި ނަސޭޙަތެއް! ރަމަޟާން މަހު މި 3 ކަންތަކުގަ ސާބިތުވެއްޖެ މީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ! އިންޝާ ﷲ:

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މުފްތީ މެންކްގެ އަގުހުރި ނަސޭޙަތެއް! ރަމަޟާން މަހު މި 3 ކަންތަކުގަ ސާބިތުވެއްޖެ މީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ! އިންޝާ ﷲ:

ކޮންމެ ދީނެއްގައިވެސް ޚާއްޞަ ދުވަސްތަކަކާއި މޫސުންތަކެއްވެއެވެ. މިކަމުގައި އިސްލާމް ދީނުގައިވެސް އެއްވެސް ތަފާތުކަމެއް ނެތެވެ. ޚާއްޞަ ދުވަސްތަކާއި މޫސުންތަކެއްވެއެވެ. އެކަމުގައި އޮތީ މައިގަނޑު 3 ބޭނުމެކެވެ.

1- މީސްތަކުންގެ ތެރެއިން ހިތާމައާއި ހިތްދަތިކަމުގައިވާ މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭން މަސައްކަތްކުރުން

2- މީސްތަކުން އުފެއްދެވިފަރާތާއި އިތުރަށް ގާތްކަން އުފެއްދުމަށް މަގުދައްކައިދިނުން

3- ތިމާ އުފެއްދެވި ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަން ސަމާލުކަންދީ އާދަކުރުން

ފުރަތަމަ ބަޔާން މިކުރި ފަދައިން މީސްތަކުންގެ ތެރެއިން ހިތާމައާއި ހިތްދަތިކަމުގައިވާ މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭން މަސައްކަތްކުރުމަކީ ހަމައެކަނި އެމީހުންނަށް ހިތްވަރުދީ ނަޞޭޙަތްދިނުމެއް ނޫނެވެ. އެމީހުންނަށް ހިތްދަތިކަން ލިބޭ ސަބަބު އޮޅުންފިލުވައި އެސަބަބު ނައްތައިލަން އެހީތެރިވާންވާނެއެވެ.

މިސާލެއްގެ ގޮތުން ކާބޯތަކެތި ނުލިބިފައި ހުރެދާނެއެވެ. ޒަރޫރީ ބޭނުންތައް ފުއްދަން އުނދަގޫވެފައި ތިބެދާނެއެވެ. އެފަދަ ޙާލަތުގައިވާ މީހުންނަށް އެކަންކަމަށް އެހީތެރިވާންވާނެއެވެ.

އަބަދުވެސް ހަނދާންކޮށްދޭ ޙަދީޘްފުޅެކެވެ. ބޯނެފެންފޮދެއްނުލިބި ފެންފޮދަކަށް ބޭނުންވެގެން އޮތް ކުއްތާއަކަށް ފެންފޮދެއް ދިން މީހާ ސުވަރުގެ ވެއްދެވިކަމަށް އޮންނަ ޙަދީޘްފުޅެވެ. މިހައި ގިނައިން މި ޙަދީޘްފުޅު މިހަނދާންކޮށްދެނީ ޙާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވުމުން ދެއްވަވާނެ މަތިވެރިކަން ބަޔާންކޮށްދީ އެކަމަށް ހިތްވަރުދިނުމަށެވެ.

ދެވަނައަށް މި ބަޔާންކުރީ މީސްތަކުން އުފެއްދެވިފަރާތާއި އިތުރަށް ގާތްކަން އުފެއްދުމަށް މަގުދައްކައިދިނުމެވެ. އެއީ ތަޤްވާވެރިކަން އިތުރުކުރަން މީސްތަކުންނަށް މަގުދައްކައިދީ އެހީތެރިވުމެވެ. އަޅުކަންކުރަން ހިތްވަރުދިނުމެވެ.

ތިން ވަނައަށް މިބަޔާންކުރީ ތިމާ އުފެއްދެވި ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަން ސަމާލުކަންދީ އާދަކުރުމެވެ. އެއީ ތިމާ ވީހައި ގިނައިން އަޅުކަންކުރުމެވެ. ހެޔޮ ޢަމަލުތައް ކުރުމެވެ. ފަރުޟް ނަމާދުތަކާއި ސުންނަތް ނަމާދުތަކާއި ރޭއަޅުކަންކުރުމެވެ. ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއި ޞަދަޤާތްކުރުމާއި އެނޫންވެސް ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ.

މި 3 ކަންތަކުގައި ސާބިތުވެއްޖެ މީހާ ވެގެންދާނީ ރަމަޟާން މަސް ކާމިޔާބުކުރެވޭނެ މީހަކަށެވެ. އެމީހާ ވާނީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ދެއްވަވާނެ އަޅަކަށެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން