ވީޑިއޯ: ޝައިޚް އާދަމް ނިޝާންގެ ނަޞޭޙަތް: ރޯދަ ފަރުޟުކުރެއްވުނީ ކުޅިވަރުކުޅެ މަޖާކުރަން ކަމުގަ ނުހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ވީޑިއޯ: ޝައިޚް އާދަމް ނިޝާންގެ ނަޞޭޙަތް: ރޯދަ ފަރުޟުކުރެއްވުނީ ކުޅިވަރުކުޅެ މަޖާކުރަން ކަމުގަ ނުހަދާށެވެ!

މިފަހަކަށް އައިސް އެއް ބައަކަށް ރޯދަމަސް ވެފައި މިއޮންނަނީ ކުޅިވަރުކުޅޭ ޢީދަކަށެވެ. ޝައްވާލް މަހުގެ 1 ވަނަ ދުވަސް މިހަދަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށެވެ. އަދި މުޅި މަސް އެއީ ޢީދެއްގެ ގޮތުގައި އެބަ ދަންމާލައެވެ. އެހެންކަމުން އެފަދަ މީހުންނަށް ޙަޤީޤަތް އަނގައިލަދިނުމުގެ ގޮތުން ޝައިޚް އާދަމް ނިޝާންގެ މި ބަސްފުޅުގެ ހަނދާން އައުކޮށްލަމާ ހިނގާށެވެ.

"ކީރިތި ޤުރްއާނުގައި ވަނީ ރޯދަ ފަރުޟު ކުރެއްވެވީ ﷲ ތަޢާލާއަށްޓަކައި ބިރުވެތިވެ ތަޤްވާވެރިވުމަށްޓަކައި ކަމަށެވެ. ނަމަވެސް ރަމަޟާން މަސް އައުމުން މީސްތަކުންގެ ޢަމަލުތަކުން ފެންނަގޮތުނަ ރަމަޟާން މަސް ޝަރުޢު ކުރެއްވެވުނީ ކުޅިވަރުކުޅެ މަޖާކުރުމަށް ކަމަށް ހީވާފަދައެވެ.

ކުޅިވަރުކުޅުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން ކުރަންވާނީ ރޯދައިގެ ޘަވާބަށް އެދިގެން ކުރަންޖެހޭ ކަންކަން ކުރުމަށްފަހުގައެވެ. ޘަވާބު އުނިނުވާ ގޮތަށެވެ. އަދި ބެލުން ޙަރާމް މަންޒަރުތައް ފެންނަ ފިލްމްތަކާއި ސީރީޒްތަކާއި މަންޒަރުތައް ބެލުމަކީ ހަމައެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ދުވާލު ނިދާފައި ރޭގަނޑު ކުޅިވަރުކުޅުމަކުން ރޯދަ ހިފަން އޮތް ގޮތަށް ރޯދަހިފިކަމަކަށް ނުވާނެއެވެ. ވީމާ ރޭއަޅުކަންކުރަން ސަމާލުކަންދޭށެވެ! ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން މަސައްކަތްކުރާށެވެ!

ޢަޒުމްކަނޑައަޅައި މިހާރުންސުރެ މަސައްކަތްކުރަންވީ ރަމަޟާން މަސް ނިމިގެންދާއިރު ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުންލިބި ފާފަތައް ފުއްސަވައިދެއްވަވާނެ މީހަކުކަމުގައި ވުމަށެވެ. ގުޅުންހުރި ވީޑިއޯ- އަޑުއައްސަވައިލެއްވުން މުހިންމު:

މިއަދު އޮންލައިން