ފިރިމީހާއަތުން އަބިމީހާ ވަގަށް ފައިސާނެގުމަކީ ކޮންކަހަލަކަމެއް؟
ފިރިމީހާގެ މުދަލުންވެސް ވައްކަން ކުރުމަކީ ޙަރާމް ކަމެކެވެ. އަނބިމީހާ އަށާއި ދަރިންނަށް ބޭނުންވާ ޙައްގު ފުރިހަމަ އަށް ފިރިމީހާ ނުދޭކަމަށްވަނީ ނަމަ އެމީހުންގެ ބޭނުންތައް ފުދޭވަރަށް ފިރިމީހާގެ މުދަލުން ނެގުމުގެ ހުއްދަ އަނބިމީހާ އަށް އޮވެއެވެ. واللهتعالىأعلم.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިންދު އަށް ޙަދީޘް ކުރެއްވިއެވެ.
(خُذِي مَا يَكْفِيكِ وَوَلَدَكِ بِالْمَعْرُوفِ)متفق عليه.
މާނައަކީ: "ކަމަނާ އަށާއި ކަމަނާގެ ދަރިފުޅުގެ ޚަރަދަށް ބޭނުންވާ ވަރަށް ނަގާށެވެ."
އިތުރު 4 ސުވާލު:
ފާޚާނާގައި އިނދެގެން ބޮޑުކަމުދާވަގުތު ސިނގިރޭޓް ބުއިމަކީ ކޮންކަހަލަ ކަމެއްތޯ؟
ގަޟާ ޙާޖަތްކުރާ ވަގުތުގައި ކައިބޮއި، ވާހަކަ ދައްކާ ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ. واللهتعالىأعلم.
ވުލޫ ކުރުމަށްފަހު އައިސް މޭކަޕްކޮށްގެން ނަމާދުކުރުމަކީ ކޮންކަހަލަކަމެއްތޯ؟
الحمدلله، والصلاةوالسلامعلىمنلانبيبعده،
މޭކަޕް ކުރުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. އަދި ނަމާދު ބާޠިލްވާ ކަމެއްވެސް ނޫނެވެ. މޭކަޕް ކުރަންވާނީ ހަމައެކަނި ފިރިމީހާ އަށް ފަރި ދެއްކުމަށްޓަކައެވެ. ހިލޭފިރިހެނުންނަށް ދެއްކުމަކަށް ނޫނެވެ. واللهتعالىأعلم.
އަޅުގަނޑު އަޅުގނޑުގެ ކޮއްކޮމެންނަށް ކާރޓޫންފިލްމު ދައްކާހަދަމެވެ. ޓޮމްއެންޑްޖެރީ، ބަގްސްބަނީ، ބެންޓެން، އަދިވެސް ޓޯއިކާރޓޫން ދައްކާހަދަމެވެ. މިކަމަކީ އަޅުގަނޑަށް ކުރެވޭ ރަނގަޅުކަމެއްތޯއެވެ؟
ކާރޓޫނުގައި ދީނާއި ޚިލާފް ކަންތަކެއް ހިމެނިފައި ނުވަނީ ނަމަ މައްސަލަ އެއް ނެތެވެ.واللهتعالىأعلم.
ދޭތެރެދުރުކުރުމަށް ޖަހާއިންޖެކްސަން ޖެހުމަކީ ކޮންކަހަލަކަމެއް؟
الحمد لله، والصلاة والسلام على من لا نبي بعده،
ޞިއްޙަތަށް ގެއްލުމެއް ނުވަނީނަމަ މައްސަލަ އެއް ނެތެވެ. واللهتعالىأعلم.