ރަމަޟާން މަހާ އެނޫން މައްސަރުތަކުގަވެސް ޤުރްއާނާއެކު ދިރިއުޅުމުގެ ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ރަމަޟާން މަހާ އެނޫން މައްސަރުތަކުގަވެސް ޤުރްއާނާއެކު ދިރިއުޅުމުގެ ފައިދާ-

މުސްލިމުންގެ މައްޗަށް ލާޒިމްވެގެންވަނީ ރަމަޟާންމަހުގައިވެސް އަދި އެނޫން މަސްތަކުގައިވެސް ގިނަގިނައިން ގުރްއާން ކިޔަވާ އޭގެ މާނައާއި މެދު ފިކުރު ހިންގުމެވެ. އޭރުން ގިޔާމަތްދުވަހުން އެގުރްއާން އޭނާ އަށް ޙުއްޖަތެއްކަމުގައި އަދި ޝަފާޢަތް ތެރި އެއްކަމުގައި ވާނެއެވެ. ގުރްއާން ކިޔަވާ މީހަކު ދުނިޔެ އާއި އާޚިރަތުގައިވެސް ގެއްލި ހަލާކުވެގެން ނުދާނެކަން އަންގަވާ ސޫރަތު ޠާހާ ގެ 123 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. 

(فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَى) 

މާނައަކީ: "ފަހެ ތިޔަބައިމީހުންކުރެ ތިމަން ﷲ ދެއްވި ތެދުމަގަށް ތަބަޢަވެއްޖެ މީހަކީ ގެއްލެވި އަދި އުނދަގޫތައް އުފުލާންޖެހޭނޭ މީހެއްނޫނެވެ".
މިސްކިތުގައި އެކަކު އަނެކަކަށް ގުރްއާން ކިޔަވަން ދަސްކޮށް، ގުރްއާނުގެ ޢިލްމު އުނގެނުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (وَمَا اجْتَمَعَ قَوْمٌ فِيْ بَيْتٍ مِنْ بُيُوْتِ اللهِ يَتْلُوْنَ كِتَابَ اللهِ وَيَتَدَارَسُوْنَهُ بَيْنَهُمْ إِلَّا نَزَلَتْ عَلَيْهِمُ السَّكِيْنَةَ وَغَشِيَتْهُمُ الرَّحْمَةَ وَحَفَّتْهُمُ الْمَلَائِكَةَ وَذَكَرَهُمُ اللهُ فِيْمَنْ عِنْدَهُ) 

މާނައަކީ: "ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެއެއްގައި ބަޔަކު މީހުން ޖަމަޢަވެ ގުރްއާން ތިލާވަތުކޮށް، އެ މުދާރަސާކުރާކަމަށްވަނީނަމަ، އެބައެއްގެ މައްޗަށް މަޑުމައިތިރިކަން ބާވާލައްވާނެއެވެ. އަދި އެބައިމީހުންގެ މައްޗަށް މާތް ﷲ ގެ ރަޙްމަތް ފުރިގެން ދާނެއެވެ. އަދި އެބައިމީހުން ވަށައިގެން މަލާއިކަތް ބޭކަލުންވާނެތެވެ. އަދި ﷲ ގެ ޙަޟްރަތުގައިވާ މަލާއިކަތް ބޭކަލުންގެ އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކުރުކުރައްވާނެއެވެ". 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން