ﷲ ޤަބޫލްފުޅު ކުރައްވަވާނެ ފެންވަރުގަ ރޯދަ ހިފުމަށް ސަމާލުކަންދޭންޖެހޭނެ 2 ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ﷲ ޤަބޫލްފުޅު ކުރައްވަވާނެ ފެންވަރުގަ ރޯދަ ހިފުމަށް ސަމާލުކަންދޭންޖެހޭނެ 2 ކަމެއް!: މުފްތީ މެންކް

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ރަމަޟާން މަހަކީ ނުކައި ނުބޮއެ ހުރުމުގެ މައްސަރުކަމަށެވެ. އެހެންވެ ރަމަޟާން މަހުގެ ވާހަކަ ދެއްކޭއިރަށް ގިނަބައެއްގެ ހިތަށް ފުރަތަމަވެސް ވަންނާނީ ނުކައި ނުބޮއި ހުރުމުގެ ވާހަކައެވެ. އެއީ ނުކައި ނުބޮއި ދުވާލުގެ ވަގުތުތަކުގައި ހުރުމަކީ އެންމެ ބޮޑު ކަންތައް ކަމުގައި ޤަބޫލުކުރެވޭތީއެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ އެއިގެ ކުރިއަށް ނެރެންޖެހޭ ކަންކަން އެބަހުއްޓެވެ.  

އެގޮތުން ފުރަތަމަ ކަމަކީ ރޯދަ ފަރުޟު ކުރެއްވެވި ސަބަބެވެ. ރޯދަ ފަރުޟުކުރެއްވެވި އާޔަތުގައިވަނީ ނުކައި ނުބޮއިހުރުމުގެ ވާހަކައެއް ނޫނެވެ. ތަޤްވާވެރިކަން އިތުރުކުރުމުގެ ވާހަކައެވެ. ވީމާ ތަޤްވާވެރިކަން އިތުރުނުކުރެވޭނެ ގޮތަކަށް ނުކައި ނުބޮއިހުރެގެން ހިފާ ރޯދަ، ރޯދައަކަށްވާނީ ކިހިނަކުން ހެއްޔެވެ؟  

ވީމާ ފުރަތަމަކަމަކަށް އޮތީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ނުކައި ނުބޮއިހުރުން އެއިގެ ފަހަތުންނެވެ.  

ހަމަ އެއާއިއެކު ކައިބޮއި ހަދާ ތަކެއްޗަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ޙަލާލް ނޫން އެއްވެސް އެއްޗެއް ކައިގެން ނުވާނެއެވެ. މުސްލިމުންގެ ތެރެއިން ގިނަ މީހުންނަކީ ޙަރާމްތަކެތި ކައިބޮއިހަދާ ބައެއް ނޫނެވެ. ވިސްނަންވީ ޙަރާމް ތަކެތީގެ ތެރޭގައި ޙަލާލް ނޫން ގޮތުގައި ހޯދޭ ތަކެތި ހިމެނޭތީ އެކަމަށެވެ.  

ޙަރާމްތަކެތި ކައިގެން ޖަހާ މަސް ދިއުން ގާތީ ނަރަކައަށް ކަމަށް އޮތް ޣަދީޘްފުޅަށް އަބަދުވެސް ބިރުވެތިވާންވާނެއެވެ! ވީމާ ކާން ލިބޭ އެތިކޮޅު މަދުވެގެން ނުވަތަ ފެންވަރު ދަށްވެގެން އެކަމަށް ނުވިސްނާށެވެ. ކައިބޮއިހެދޭ ތަކެއްޗަކީ ޙަލާލްތަކެތިކަން ޔަޤީންކުރާށެވެ! ހިފާ ރޯދަ، ރޯދައަކަށްވާނީ އެއިރުންނެވެ!

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން