ދަމުނަމާދަކީ އަބަދުވެސް ކުރަން އޮތް ނަމާދެކެވެ. ރަމަޟާން މަހު ޚާއްޞަވެގެންދަނީ ރަމަޟާން މަހަކީ ރޭއަޅުކަމުގެ މައްސަރުކަމަށްވުމުންނެވެ. އެންމެ ގިނައިން އަޅުކަންކުރަން އޮތް މައްސަރުކަމަށްވުމުންނެވެ.
ދަމުނަމާދަކީ ވަރަށް ފަސޭހަކޮށް އަދި ވަރަށް ކުރުކޮށްވެސް ކުރެވެން އޮތް ނަމާދެކެވެ. ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ނަމާދެވެ. މުހިންމީ ނުކޮށް ދޫކޮށްނުލުމެވެ.
ދަމުނަމާދުކުރުމާއިބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.:
ދަމުނަމާދުގެ އެންމެ ކުރު މިންވަރަކި ދެރަކްޢަތެވެ. ގޭގައި އެކަނި ކުރުމަކުން މައްސަލައެއް ނެތެވެ.
މި ނަމާދުކުރަން އެންމެ ރަގަޅީ ނިދާލާފައި ތެދުވެ، ރޭގަޑުގެ ތިންބައިން ފަހު ބައަށް އެޅުމުންނެވެ. (ޢިޝާ ނަމާދުން ފެށިގެން) ފަޖުރުލުމާއި ހަމައަށް ދަމުނަމާދުގެ ވަގުތު ދެމިގެންވެއެވެ.
ދަމުނަމާދުގައި ކިޔުމަށް ވަކި ދުޢާ އެއް ވާރިދުވެފަ އެއް ނުވެއެވެ. އެހެންނަމަވެސް އެވަގުތަކީ (ރޭގަނޑުގެ ތިންބައިން ފަހުބައަކީ) ދުޢާ ކުރުމަށް މޮޅުއިތުރު ގަޑި އެއް ކަމުން ބޭނުން ކޮންމެ ކަމަކަށްވެސް އެދި ދަންނަވަންވީއެވެ. واللهأعلم