ކޮޅަށްހުރެ ނަމާދު ކުރުމުގެ ކުޅަދާނަކަން ލިބިބެން ނުވާ މީހާ އިށީނދެ އިނދެގެން ނަމާދު ކުރަން ޖެހެއެވެ. އިށީނދެ އިނދެގެން ނުކުރެވިއްޖެނަމަ އޮށޯވެ އޮވެގެންނެވެ. އޮށޯވެ އޮވެގެންވެސް ޙަރަކާތް ނުކުރެވޭނަމަ ލޮލުން އިޟާރާތްކޮށްގެންނެވެ. ހަށަމްބަންނަ ކަމަށް އިޝާރާތްކުރާނީއެވެ. އެއަށްފަހު ނަމާދުގައި ކުރާކޮންމެ ޙަރަކާތެއްވެސް އިޝާރާތުން ކުރާނީއެވެ. واللهتعالىأعلم.
އިތުރު ސުވާލެއް:
ނަމާދުކުރާއިރު އިމާމަކަށް ހުންނަމީހާ އަލްޙަމްދު ކިޔަވާއިރު އެސޫރަތުގެ ސ (ސީނު) ކިޔަންޖެހޭ ހުރިހާ ތަނަކަށް ކިޔަނީ ޝ (ޝީނު) އެވެ. އޭނާ އެހެން ސުރަތް ކިޔަވާއިރުމިތަފާތު ކުރުން ނުގެންގުޅެއެވެ. މި އިމާމް މީހާގެ ފަހަތުގައި ނަމާދުކުރުން ސައްޙަ ވާނެތަ؟
ގަސްދުގައި ނުބައިކޮށް ކިޔަނީ ނަމަ ނަމާދު ޞައްޙަ އެއް ނުވާނެއެވެ. ނޭގިގެން ނަމަ މައްސަލައެއް ނެތެވެ. އެހެންނަމަވެސް އެކަން އިމާމް މީހާއަށް އަންގަންވާނެއެވެ. واللهتعالىأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް