ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތާއި ޘަވާބަށް އެދޭނަމަ މިމަގުން އަވަހަށް މަސައްކަތްފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތާއި ޘަވާބަށް އެދޭނަމަ މިމަގުން އަވަހަށް މަސައްކަތްފަށާށެވެ!

ލައިލަތުލްޤަދްރި ވިލޭރޭގެ ބަރަކާތާއި ޘަވާބު ޙާޞިލްކުރަން މަސައްކަތް ފަށަންވީ ފަހުދިހަ ފެށުމަކުން ނޫނެވެ! މަސް ފެށުމުގެ ކުރިންނެވެ. ރަމަޟާން މހަށް ތައްޔާރުވުމުންނެވެ. ރަމަޟާންމަސް ލައިގަތުމުންނެވެ. ވީމާ މިހާރުންސުރެ އަވަހަށް އެކަމަކަށް މަސައްކަތްފަށާށެވެ! 

ފުރަތަމަ ކަމަކީ ކުރިން މިބުނި ފަދައިން ރަމަޟާން މަހަށް ތައްޔާރުވުމެވެ. ދެވަނަ ކަމަކީ ރަމަޟާން މަސް ލައިގަތުމުން ކޮންމެ ރެއެއްގައިވެސް ވީހައި ގިނައިން އަޅުކަންކުރުމެވެ. 3 ވަނަ ކަމަކީ ފަހު ދިހަ ލައިގަތުމުން ކުރާ އަޅުކަން އިތުރުކުރުމެވެ. 

ކޮންމެ ކަމެއްވެސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނީ އެކަމަކަށް އެދިގެން މަސައްކަތްކުރާ އަޅުންނަށެވެ! އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި ތަޤްވާވެރިކަން ކުރިއަށް ނެރެގެން މަސައްކަތްކުރާ އަޅުންނަށެވެ. 

ލައިލަތުލްޤަދްރިވިލޭރޭ ލިބިގަތުމަށް ކުރިއާލައި މަސައްކަތް ނުކުރުމަކީ އެރޭގެ ބަރަކާތާއި ޘަވާބު ނުލިބިދާނެކަމެކެވެ. ކަންނެތްވިކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ވީމާ ކަންނެތްކަން މިހާރުންސުރެ ފިލުވައިލާށެވެ! އަދި ރަމަޟާން މަހާއި ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތާއި ޘަވާބު ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން