ފަހަކަށް އައިސް ކޮންމެ ރަމަޟާން މަހެއްގައިވެސް ތަފާތު ކުޅިވަރު މުބާރާތްތައް ބާއްވައެވެ. އެކަމާއި ގުޅިގެން ދީނީ ޢިލްމްވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ
"ރަމަޟާންމަހަކީ އަޅުކަމުގެ މަހެއް އިނގޭތޯ! ކެރަމް ބޯޑު ގަންނާނީ ޢީދުގެ އުފަލަށް! ފުޓްބޯޅަ މުބާރާތްވެސް ބާއްވާނީ ޢީދުގެ އުފަލުގައި! އަޅުކަމުގެ މަތިވެރި މޫސުމެއްގެ ޙުރުމަތް ކަނޑާލާ ބަޔަކަށް ނުވަމާތޯ!" : ޝައިޚް އަޙްމަދު ރިމާޒް
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބައެއް ގޭގެއަށް ކުޅިވަރުކުޅޭ ސާމާނު ހޯދައެވެ. އޮފީސްތަކާއި ކްލަބްޖަމިއްޔާތަކުން ތަފާތު ކުޅިވަރު މުބާރާތްތައް އިންތިޒާމް ކުރެއެވެ! މިފަދަ މުބާރާތްތަކަށް ތައްޔާރުވާން ފަރުތަކުރަން ޢަޞްރުފަހާއި ޜޭގަނޑުގެ އަގުހުރި ވަގުތުތައް އެތައް ބައަކު ނަގައިލައެވެ.
މިއީ މިއީ 1980ގެ އަހަރުތަކުގައި ރާއްޖޭގައި އުފައްދާފައިވާ ވަރަށް ނުބައި އާދައެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.