ކުރަން ބޭނުންވާ ކަންކަން ކާމިޔާބުކުރަން މަސައްކަތްކުރުމުގަ ވިސްނައިލަންވީ 2 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކުރަން ބޭނުންވާ ކަންކަން ކާމިޔާބުކުރަން މަސައްކަތްކުރުމުގަ ވިސްނައިލަންވީ 2 ކަންތައް-

"އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން 2 މީހަކު އަޅުގަނޑަށް ވަރަށް ބޮޑަށް ފާޑުކިޔައެވެ. އެއީ އަޅުގަނޑު ކުރަން މަސައްކަތްކުރާ ބައެއް ކަންކަން ކާމިޔާބު ނުކުރެވޭތީއެވެ. އެހެންވެ ވަރަށް މާޔޫސްވެސްވެއެވެ. ކުރަން ބޭނުންވާ ބައެއް ކަންކަން ކުރަން މަސައްކަތްކުރަން ފަށަންވެސް ޖެހިލުންވެއެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟" 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކުރަން ބޭނުންވާ ހުރިހާ ކަންކަން ކާމިޔާބުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ކާމިޔާބުކުރެވޭނީ ބައެއް ކަންކަމެވެ. ކާމިޔާބު ނުކުރެވޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. ވީމާ ތިއައީ ވިސްނަން ޖެހެންވީ ކަމެއްވެސް ނޫނެވެ. ތިރީގައިވާ ލިޔުމުން ވަރަށް ބޮޑު ހިތްވަރެއްވެސް ލިބިގެންދާނެއެވެ. އިން ޝާ ﷲ 

މީހަކު ތިބާއަކީ އެއްވެސް ކަމެއް ކާމިޔާބުކުރެވޭ، އަގެއް ނެތް މީހެއްކަމަށް ބުނި ނަމަވެސް ކަންބޮޑުނުވާށެވެ! އެފަދަ ބަސްތައް އެބުނަނީ ތިބާގެ ކާމިޔާބީ އޭނާއަށް ނުއެނގޭތީއެވެ. ނުވަތަ ތިބާ ދެރަކޮށްލުމުގެ ބޭނުމުގައެވެ.  

އެންމެ ރަނގަޅު ގޮތަކީ ތިބާއަކީ ކަންކަން ކާމިޔާބުކުރެވޭ މީހަކުކަން ދައްކަން އެންމެ ބަހެއްވެސް ނުބުނުމެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކަންކަން ކާމިޔާބު ކުރެވޭނީ ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުންނެވެ. ވީމާ ކުރަން މަސައްކަތްކުރާ ކަމެއް ކާމިޔާބު ނުވެ އޮތުމަކީ ދެރަވާންޖެހޭ ނުވަތަ ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ.  

ނަމަވެސް ތިބާ ޙާޞިލުކުރަން މަސައްކަތްކުރާ ކަމެއް ޙާޞިލުކުރަން އެކަށީގެންވާވަރަށް މަސައްކަތް ނުކުރެވޭކަމަށް މީހަކު ބުނެފިނަމަ އެކަމަށް ވިސްނައިލަން ޖެހޭނެއެވެ. އެހެނީ އެމީހާ އެހެން އެބުނީ ތިބާއަށް ހެޔޮއެދިގެންނެވެ. ތިބާއަށް ހިތްވަރު ދިނުމަށެވެ. 

އެމީހަކު އެހެން އެބުނާ ސަބަބު އޮޅުން ފިލުވައި އިޞްލާޙްކުރަން ޖެހޭ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ. އިތުރަށް ކުރެވެންހުރި ކަންކަން ފާހަގަކޮށް މަސައްކަތްކުރަންވާނެއެވެ.

- ޑރ. އިދްރީސް ޔޫނުސް

 

 

މިއަދު އޮންލައިން