ބަންގީގެ އަޑުއިވުމުން ތެޅިފޮޅިގަންނަ، އަދި މިސްކިތާދިމާއަށް ދުވާ މީހަކަށް ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބަންގީގެ އަޑުއިވުމުން ތެޅިފޮޅިގަންނަ، އަދި މިސްކިތާދިމާއަށް ދުވާ މީހަކަށް ނުވާށެވެ!

ރަމަޟާން މަހަކީ ކުރިން ޖަމާޢަތުގައި ނަމާދުނުކުރާ އެތައް ބައަކު ޖަމާޢަތުގައި ނަމާދުކުރާ މަހެކެވެ. އަދި ކުރިން ނަމާދުނުކުރާ އެތައް ބައަކުވެސް ނަމާދުކުރެއެވެ. އެހެންކަމުން ބަންގީގެ އަޑުއިވުމުން ތެޅިފޮޅިގަންނަ، އަދި މިސްކިތާދިމާއަށް ދުވާ މީހަކަށް ނުވާށެވެ! 

ގިނަގެތަކުގައި ކޮންމެ ކޮޓަރިއެއްގައި ފާޚާނާއެއް ނުހުންނާނެއެވެ. ވީމާ ތިމާ ބޭނުންވާއިރަށް ފާޚާނާ ލިބުންވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ދެން އޮތީ ވުޟޫކުރަން މިސްކިތަށް ދިއުމެވެ. މިސްކިތުގައިވެސް ވުޟޫކުރާ ކިޔޫ ހަމައެހައި ދިގުވާނެއެވެ. ފަހުން ދެވޭ މީހުންނަށް ޖާގަ ނުލިބި ތިއްބައި ގަޑިޖެހިގެން ޖަމާޢަތް ފަށައިފިނަމަ އިހު ސުންނަތް ގެއްލުނީއެވެ. 

ރަމަޟާންމަހުގެ ކޮންމެ ނަމާދެއްގައިހެން މިކަންކަން ކުރިމަތިވެއެވެ. ހަމައެއާއިއެކު މުސްކިތްތައް ފުރިބާރުވެ މިސްކިތުން ބޭރުގައި ގިނަބައަކަށް ނަމާދުކުރަންޖެހޭއިރު ބަންގީގެ ކުރިއަށް މިސްކިތަށް ގޮސްހުރުމަކީ ހުރިހާގޮތަކުންވެސް އެންމެ ފައިދާހުރިގޮތެވެ. އެއިރުން ބަންގީގެ އަޑުއިވުމުން ތެލިފޮޅިގަންނާކަށްވެސް ނުޖެހޭނެއެވެ. ދުވާކަށްވެސް ނުޖެހޭނެއެވެ. 

އަދި ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުމަކީވެސް އެހައިގިނަ ޘަވާބާއި ދަރުމަ ދެއްވަވާ ކަމެކެވެ. އެވާހަކަ ފަހުން ދައްކާނަމެވެ. 

ފެން އޮތީ ބަންގިގޮވީމާ ޖަމާޢަތް ލިބޭތޯ އަވަސްކުރަންވެގެން ދުވެފައި ދިއުމެވެ. މިސްކިތަށް ދުވެފައި ދިއުމެއް ނެތެވެ. އޮތީ ހިނގާފައި ގޮސް ލިބުނު މިންވަރެއް ލިބިގަތުމެވެ. 

When the ʾIqāmah has been pronounced for prayer, do not go running to it, but go walking in tranquillity and pray what you are in time for, and complete what you have missed. [Muslim]

މިއަދު އޮންލައިން