ކާފިރުންނަށް އުފަލުގަ ދުނިޔޭގަ އުޅެވިފަ މުސްލިމުންނަށް ދަތިތައް ކުރިމަތިވަނީ ކީއްވެތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކާފިރުންނަށް އުފަލުގަ ދުނިޔޭގަ އުޅެވިފަ މުސްލިމުންނަށް ދަތިތައް ކުރިމަތިވަނީ ކީއްވެތަ؟: މުފްތީ މެންކް

ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. "ކާފިރުން ދުނިޔޭގައި އުޅެމުން ގެންދަނީ ވަރަށް އުފަލުގައެވެ. އެއީ ކީއްވެގެން ހެއްޔްވެ؟" 

އެކަމުގެ ސަބަބު ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އެމީހުންނަސް ދެއްވަވާނީ ވަރަށް ކުރުމުޙުލަތެކެވެ. އެމީހުން އެނބުރި ﷲ ތަޢާލާގެ މަގަށް ނައިނަމަ، ތައުބާ ނުވިނަމަ އެމީހުންނަށް އޮތީ ގެއްލުމާއި ހަލާކެވެ. ގަދަފަދަވެގެންވާ ޢަޛާބެވެ. 

ﷲ ތަޢާލާ އިމްތިޙާން ކުރައްވަވާނީ މުސްލިމުންނެވެ. އެކަންއެވާގޮތަކީ އިމްތިޙާންތައް ހަދަންޖެހެނީ ދަރިވަރުންނަށް ނޫންހެއްޔެވެ؟ ސްކޫލަށް ނުދާ، ނުކިޔަވާ ބައަކަށް އިމްތިޙާން ހަދާކަށް ނުޖެހޭ ނޫންހެއްޔެވެ؟ 

ކިޔަވައި އިމްތިޙާންތައް ހަދާ ދަރިވަރުން ރަނގަޅު ނަތީޖާއަށް އުންމީދުކުރާނެއެވެ. ހަމައެފަދައިން އަހަރެމެން މުސްލިމުން މިތިބީ އަހަރެމެން މަރުވުމުން އަހަރެމެންނަށް ދެއްވަވާނެ ނިޢްމަތްތަކަށް އިންތިޒާރުކޮށްގެންނެވެ. ޤިޔާމަތް ދުވަހު ޖަންނަތުލްފުރުދައުސް ދެއްވެވުމަށް އެދިގެންނެވެ. 

ﷲ ތަޢާލާ އަހަރެމެން އިމްތިޙާން ކުރައްވަވަނީ ފާސްވެ ހޯދާ މާކްސް ބެއްލެވުމަށެވެ. ސުވަރުގެއިން ދެއްވަވާނެ ދަރަޖަ ކަނޑައެޅިގެންދާނީ ހޯދި މާކްސްއެއްގެ މައްޗަށެވެ. ވީމާ އަހަރެމެންނަށް އޮތީ އިމްތިޙާން ކުރިމަތިކުރައްވަވާތީ ޝަކުވާކުރުމެއް ނޫނެވެ. އެންމެ މަތިން ފާސްވާން މަސައްކަތްކުރުމެވެ. 

އިމްތިޙާނާއިމެދު ޣާފިލްވެވިއްޖެނަމަ މަރުވާވަޤުތުން ފެށިގެން ޢަޛާބާއި ކުރިމަތިލާން ޖެހޭނެއެވެ. ފާސްވާން މަސައްކަތްކޮށްފިނަމަ ދުނިޔޭގައި އަދި މަރުވުމުންވެސް އޮތީ އުފާވެރިކަމެވެ. މަރުވުމުން ލިބެން އޮތް އުފާވެރިކަން މާބޮޑެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން