ނަމާދުން ދުނިޔެއާ ކައްވަޅުގަ އަދި ޤިޔާމަތް ދުވަހު ނޫރު ލިބެން އެދެމުހެއްޔެވެ؟ ނަމާދުގެ މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނަމާދުން ދުނިޔެއާ ކައްވަޅުގަ އަދި ޤިޔާމަތް ދުވަހު ނޫރު ލިބެން އެދެމުހެއްޔެވެ؟ ނަމާދުގެ މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީއެވެ. ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހާކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމެވެ. އެހެނީ ހިފާ ރޯދަ ރޯދައަކަސްވާނީވެސް ފުރިހަމަ ގޮތުގައި ނަމާދުކުރެވިގެންނެވެ.

ނަމާދަށް ތިބެ ބައެއް މީހުންނަށް ދެފަރާތަށް އެނބުރުމާއި ތަންތަނަށ ބެލުންފަދަ ކަންކަން ކުރެވެއެވެ. ނަމަވެސް އެއީ ކުރެވޭ ކުށެއްގެ އިތުރުން ވަރަށް ބޭއަދަބީ ކަންކަމެވެ. އެހެނީ ނަމާދުކުރަން ފެށުމާއިއެކު ތިމާއަށް އެހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ވީމާ އަދަބުވެރިވުމުގެ ގޮތުން ދެފަރާތަށް އެނބުރުމާއި ސަޖިދަވަޅަށް ނޫނީ ބެލުން ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ.

މިސްތަކުންނޭވެ! ނަމާދަކީ ނޫރެކެވެ. ދުނިޔޭގެ ޙަޔާތުގައިވެސް އެނޫރުގެ އަލިކަން ލިބިގެންދެއެވެ. އަދި މަރުވެ ކައްވަޅުގައި ވަޅުލެވުމުންވެސްމެއެވެ. އަދި ޤިޔާމަތް ދުވަހުގައިވެސްމެއެވެ. އެހެން ނަމަވެސް އެއަލަން ތިމާއަށް ލިބިގެންދާނީ އަލިކަން ލިބޭނެ ގޮތަށް ނަމާދުކުރުމުންނެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ދީގެން ނަމާދުކުރުމުންނެވެ.

މީސްތަކުންނޭވެ! ނަމާދަކީ އެންމެ މަތިވެރި އަޅުކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މީޒާނުގައި އެންމެ ބަރު އަޅުކަމެވެ. ކުރި އެހެން އަޅުކަމުގެ ބުރަދަން ކިތަންމެ ބަރުނަމަވެސް މީޒާނުގައި އެކަން ފެނިގެންދާނީ ނަމާދުތައް ފުރިހަމައަށް ކުރެވިފައިވާނަމައެވެ!

ކުރާ އެހެން ހުރިހާ ކަންކަމަށްވުރެ ބޮޑަށް ފަރުޟު ނަމާދަށް ސަމާލުކަންދޭންޖެހެނީ މިފަދަ ސބަބުތަކަށްޓަކައެވެ. ތިމާ އެންމެ ފުރިހަމައަށް ކުރާ ކަމަކީ ނަމާދު ކަމުގައި ހެދުމަށް ގަދައަޅައި މަސައްކަތްނުކޮށް މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. ވީމާ ނަމާދުގެ އެންމެހައި ކަންކަމަށް ފަރުވާތެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ!

-- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން