ޔާ ﷲ! އިނބަ ﷲ ރުހިވޮޑިގަންނަވާ ވީހައި ގިނަ ޢަމަލުތައް އިނބަ ﷲ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި މިރޭވެސް ކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! މިއަޅާއަށް ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާއި ބަރަކާތް މިންވަރުކުރައްވަވާނދޭވެ! މިއަޅާއަށް ކުރެވޭ ހެޔޮޢަމަލުތައް ޤަބޫލުފުޅު ކުރައްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑި ނުގަންނަވާނެ އެންމެ ޢަމަލެއް ވެސް ކުރުމަށް މިއަޅާއަށް ފަހިނުކުރައްވަވާނދޭވެ!
ޔާ ﷲ! މި ރަމަޟާން މަހު ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި މިއަޅާވެސް ހިމަނުއްވަވާނދޭވެ! އާމީން
މީސްތަކުންނޭވެ! ފަހުދިހަ ގެއްލިގެން ހިނގައްޖެ މީހަކީ މުޅި ރަމަޟާންމަސް ގެއްލުނު މީހެއްފަދައެވެ. އެހެނީ ރަޙްމަތުން ފުރިގެންވާ ލައިލަތުލްޤަދްރިވިލޭރޭ ހިމެނިގެންވަނީ މިދިހައިގައެވެ. ވީމާ ކޮންމެރެއަކަށްވެސް ކުރިމަތިލާންވީ މިފަދަ މޭރުމުން ދުޢާކުރަމުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން