ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކޮންމެ ރެއަކު ޞަދަޤާތްކުރާށެވެ! އާޚިރަތް ދުވަހު އެކަމުން ކުރާނެ ފައިދާ ހާދަ ބޮޑުވާނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކޮންމެ ރެއަކު ޞަދަޤާތްކުރާށެވެ! އާޚިރަތް ދުވަހު އެކަމުން ކުރާނެ ފައިދާ ހާދަ ބޮޑުވާނެއެވެ! އިން ޝާ ﷲ

އެންމެ ދިހަ ރޭ އަޅުކަންކޮށްގެން 84 އަހަރަށްވުރެ ގިނަ ދުވަހު އަޅުކަންކުރިކަމުގެ ޘަވާބު ހޯދެން އޮތްއިރު އެންމެ 10 ރޭ އަޅުކަމުގައި ހޭދަ ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އާޚިރަތް އެދޭ ހަމައެކަކުވެސް އެ ދިހަ ރޭ ދޫކޮށެއް ނުލާނެއެވެ. އެ ދިހަ ރޭގައި އަޅުކަން ކުރުން ނޫން އެއްވެސް އަމަލެއް ނުކުރާނެއެވެ. 

މީސްތަކުންނޭވެ! ރަމަޟާން މަހުގެ ފަހު ދިހައިގައި ކުރާ ކޮންމެ ހެޔޮ އަމަލަކީ ޚާއްޞަ އަމަލެކެވެ. ލައިލަތުލްޤަދްރި ވިލޭރޭ 10 ޑޮލަރު ޞަދަޤާތްކޮށްފިނަމަ އެ ޞަދަޤާތް ކުރެވުނީ ކިހައި ޢަދަދެއްކަންވެސް ކަނޑައަޅުއްވެވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. 

ވީއިރު ރަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ރެއަކު 10 ޑޮލަރު ޚަރަދުކުރަން އެންމެ 100 ޑޮލަރު ހޭދަނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި އިތުރުން ދެން ޞަދަޤާތްކުރާ 90 ޑޮލަރަށް ދެއްވަވާނެ ސަވާބާއި ދަރުމަ ލަފާކުރަން އެނގޭނީވެސް ކާކަށް ހެއްޔެވެ؟ 

(މިހިސާބު ދިވެހި ރުޔާއަށް ބަދަލުކޮށްލައިފިނަމަ ލިޔަންޖެހޭނީ މިފަދައިންނެވެ! "ލައިލަތުލްޤަދްރި ވިލޭރޭ 10 ރުފިޔާ ޞަދަޤާތްކޮށްފިނަމަ އެ ޞަދަޤާތް ކުރެވުނީ ކިހައި ޢަދަދެއްކަންވެސް ކަނޑައަޅުއްވެވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.

ވީއިރު ރަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ރެއަކު 10 ރުފިޔާ ޚަރަދުކުރަން އެންމެ 100 ރުފިޔާ ހޭދަނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި އިތުރުން ދެން ޞަދަޤާތްކުރާ (ލައިލަތުލްޤަދްރިވިލޭރޭ ނޫން ރޭތަކުގައި ހޭދަކުރި) 90 ރުފިޔާއަށް ދެއްވަވާނެ ސަވާބާއި ދަރުމަ ލަފާކުރަން އެނގޭނީވެސް ކާކަށް ހެއްޔެވެ؟) 

މިހައި ގިނައިން ޞަދަޤާތް ދިނުމުގެ ވާހަކަ މިދައްކަނީ އެއީ ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނައަކަށްވާތީއެވެ. އެކަން ޙަދީޘްފުޅުން ޔަޤީންކުރެވެން އޮތުމުންނެވެ! އަދި ޞަދަޤާތްކުރުމަކީ ހަމައެކަނި ބޮޑެތި އަދަދުތަކުން ކުރަން އޮތް ކަމެއް ނޫންކަމާއި ކަދުރު އޮށެއްގެ ފަޅިވަރަކުންވެސް ކުރެވޭނެކަން ވެސް އެނގެން އޮތުމުންނެވެ. "ކަދުރުއޮށެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކުރާށެވެ! ނަރަކައިން ސަލާމަތްވާށެވެ!" އޮތުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން