ކުރިއަށް އޮތް އަހަރު ޝައިޠޯނާއަށް އެމީހެއްގެ ކިބައިން ޗުއްޓީ ނެގިދާނެ މީހަކަށް ވެވިއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!: ޝައިޚް މުޙައްމަދު ހޮބްލްސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކުރިއަށް އޮތް އަހަރު ޝައިޠޯނާއަށް އެމީހެއްގެ ކިބައިން ޗުއްޓީ ނެގިދާނެ މީހަކަށް ވެވިއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!: ޝައިޚް މުޙައްމަދު ހޮބްލްސް

ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވާވަރަށް އަޅުކަން ނުކުރެވިއްޖެ މީހަކީ ގެއްލެނިވެގެންވާ މީހެއްކަން އެއީ އެއްވެސް މިންވަރަކަށް ޝައްކުކުރަން އޮތް ކަމެއް ނޫނެވެ. އެއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. އެޙަދީޘްފުޅަކީ ހުރިހާ މުސްލިމުން ވަރަށް ފަރިތަ ޙަދީޘްފުޅެކެވެ. 

އަހުރެން ފާހަގަކުރަން މިއުޅެނީ ގުޅުންހުރި ތަފާތުކަމެކެވެ. މިޘާލަކަށް އެވެނި މީހަކީ އޭނާގެ ފަރުވާކުޑަކަމުން އަޅުކަން ނުކުރެވިގެން އެމީހެއްގެ ފާފަ ފުއްސަވައި ނުދެއްވެވި މީހެކެވެ. ސުވަރުގެ ވެއްދެވި އަޅުންގެ ތެރޭގައި އޭނާ ނުހިމެނެއެވެ. އެހެންކަމަށްވާނަމަ އެމީހަކު އެވަނީ ގެއްލެނިވެގެންދިއަ އަޅުންގެތެރޭގައި ނޫންހެއްޔެވެ؟ އެމީހަކު ވާނީ ލަޢްނަތް ލެއްވިގެންވާ އަޅަކަށް ނޫންހެއްޔެވެ؟

އެހެންކަމަށްވެއްޖެނަމަ އެމީހަކަށް ޝައިޠޯނާ އެހައި ބޮޑު ސަމާލުކަމެއް ނުދިންނަމަވެސް އެމީހަކަށް ވެގެންދާނެ ގޮތާއިމެދު ވިސްނައިލާށެވެ. އެއްވެސް ޙާލެއްގައި މިބުނަނީ އެއްވެސް މީހަކަށް ގެއްލުންދޭން ޝައިޠޯނާ ކަންނެތްވާނެ ވާހަކައެއް ނޫނެވެ. މީހަކު ނަރަކައަށް ވައްޓައިލެވުމަކުން އަދި ޝައިޠޯނާއަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އިތުރަށް ފާފަކުރުވަމުން ގޮސް ނަރަކައިގެ އެންމެ އަޑިއަށް އެމީހަކު ވައްޓައިލެވެންދެން ދޫކޮށެއް ނުލާނެއެވެ. 

މީސްތަކުންނޭވެ! ހަމައެކަނި ހަދީޘްފުޅު އެނގުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ޢަމަލުކުރެވުނު ނަމައެވެ. އަހުރެން މިބުނި ވާހަކަތަކަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަންކަމެވެ. ބުނެލަން އޮތީ އެނގުމަކުން އެކަނި ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ޢަމަލުކުރުމުންނެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން   

މިއަދު އޮންލައިން