ރަމަޟާން މަސް މިހިސާބަށް އައިއިރު ތިބާއަށް ކުރެވުނީ ކޮންކަމެއް؟ ނަރަކައިން މިންޖުކުރައްވަވާނެ އަޅަކަށްވާން ކުރެވުނީ ކޮންކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރަމަޟާން މަސް މިހިސާބަށް އައިއިރު ތިބާއަށް ކުރެވުނީ ކޮންކަމެއް؟ ނަރަކައިން މިންޖުކުރައްވަވާނެ އަޅަކަށްވާން ކުރެވުނީ ކޮންކަމެއް؟

އަހަރެމެންވެސް އުންމީދު މިކުރަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށެވެ. ޞަޙާބީންނާއި އެއް ދަރަޖަތަކަށެވެ. އެއަށްވުރެވެސް މަތިން ދެއްވެވުމަށެވެ. އެހެންކަމަށްވާއިރު ނިކަން ބުނެބަލާށެވެ! އެންމެ ކުޑަމިނުން މި ބަރަކާތްތެރި ރަމަޟާން މަހުގައި ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟  

ޖަމާޢަތުގައި އެބަ ނަމާދުކުރެވޭހެއްޔެވެ؟ ސުންނަތް ނަމާދުތަކަށް ރައްކައުތެރިވެވޭހެއްޔެވެ؟ ރޭއަޅުކަން ކުރެވޭ ހެއްޔެވެ؟ ޚަތިމުން ކިތައް ފޮތް ކިޔެވިއްޖެހެއްޔެވެ؟ ޤުރްއާން އުނގެނުމަށް ކިހައި ވަޤުތެއް ހޭދަކުރެވިއްޖެ ހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހުގެ ކޮންމެ ރެއަކުވެސް ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ބައްލަވައި ވޮޑިގަންނަވައެވެ. ބައަކަށް ނަރަކަ ޙަރާމް ކުރައްވަވައެވެ. މާނައަކީ ބައަކަށް ސުވަރުގެ ދެއްވަވައެވެ. ސުވަރުގެ ވައްދަވާނެ އަޅުން ކަމުގައި ކަނޑައަޅުއްވަވައެވެ. 

ދެން ނިކަން ބުނެބަލާށެވެ! އެއިރު ތިބާވީ ކޮންތަނެއްގައިހެއްޔެވެ؟ އަޅުކަންކުރުމުގައި ހެއްޔެވެ؟ ކުޅިވަރާއި މަޖަލުގައި ހެއްޔެވެ؟ ކޮފީ އާއި ޝީޝާބޯންހެއްޔެވެ؟ ނޫންނަމަ ދަންވަރު ރޭއަޅުކަންކުރަން ހޭލަން ނިޔަތްގަނެގެން ނިދައިލަންހެއްޔެވެ؟ އެގޮތަށް ނިޔަތް ގަނެގެން ނިދަން އޮތްނަމަވެސް ތިބާ އެވަނީ ހަމަ އަޅުކަމުގައެވެ. އެހެނީ ތިބާ ރަމަޟާން މަހުގެ އެންމެ މުހިންމު އަޅުކަމަށް ތައްޔާރުވަމުންނެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަމަސް ދެއްވަވަން އޮތް އުޖޫރަ ފުރިހަމައަށް ދެއްވަވާނެތެވެ. އިން ޝާ ﷲ  

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން  

 

 

މިއަދު އޮންލައިން