މިސުވާލުކުރައްވާފަރާތަށް ކުރިމަތިވެލައްވާފައި އެވަނީ ހަމަ މިމައްސަލައިގައި މިއަދުނޫހުގެ އިއްޔެގެ އށިޝަންގައި ޝާއިޢުކުރި މައްސަލައެވެ. " ތިބާގެ ބައިވެރިޔާ ތިބާއަށް ލޯބިނުދޭތީ އަމިއްލައަށް ނަރަކައަށް ވަނުމަކީ ލިބިގަނެވޭ އެންމެ ބޮޑު އަނިޔާ! " ސުރުޚީގެދަށުން އެވާ ލިޔުމުގައި އެވަނީ ހަމަ މިމައްސަލައިގެ ވާހަކައެވެ.
އަޅުގަޑުގެ ފިރިމީހާ އެއްގޮތަކަށްވެސް އަޅައެއްނުލާ. ފިރމިހާ އަންތބަކު ހުންނަކަންވެސް ހަދާންނެތްކަހަލަ. އަޅުގަޑު ހާލުބަލާލަން ގުޅާވެސްނުލާ، އަދި އަޅުގަނޑު ފެންނަ ހަމައަށްވެސް ނާދޭ. ހަރަދެއްވެސް ނުކުރޭ. މިހާރު މިގޮތަށް ދިރިއުޅޭތާ 2 މަސްވެއްޖެ. އަޅުގަނޑު އެކި ގޮތްގޮތުން މިކަމަށް ހައްލެއްލިބޭތޯ ވަރަށް މަސައްކަތްކޮށްފިން. މިފަދަހާލެތެއްގާ އަޅުގަޑު ހިލޭފިރިހެނަކާ ފޯނުން ވާހަކަދެއްނުމުން ފާފަވެރިވާނެތޯ؟ ފރިމިހާގެ އެއްވެސް އަޅާލުމެއް ލިބޭނެކަމުގެ އުއްމީދެއްނެތުމުން އެގޮތަށްކަންތައްކުރެވެނީ.
ފިރިމީހާގެ އަޅާލުން ނުލިބޭނަމަ ވަރިއަށް އެދެވިދާނެއެވެ. ޚުލްޢު ވަރި އަކުންވެސް ވަރިވެވިދާނެއެވެ. ނަމަވެސް، ފިރިމީހާ އަޅާނުލާތީ ހިލޭ ފިރިހެނަކާ ގުޅުން ބޭއްވުމަކީ ހުއްދަ ކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރެވިފައިވާނަމަ އަވަހަށް ތައުބާވާށެވެ. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އިއްޔެގެ ނޫހުގައިވާ ގުޅުންހުރި ލިޔުން ވިދާޅުވުމަށް: