އިންޑިއާގަ ޢިމާރާތްކުރަމުން ދިއަ މިސްކިތެއްގައި ހުޅުޖަހައި އިމާމް ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އިންޑިއާގަ ޢިމާރާތްކުރަމުން ދިއަ މިސްކިތެއްގައި ހުޅުޖަހައި އިމާމް ޝަހީދުކޮށްލައިފި

އިންޑިއާގަ މިސްކިތެއްގައި ހުޅުޖަހައި އިމާމް ޝަހީދުކޮށްލައިފިއެވެ. އިމާމަށް ހަމަލާދީފައިވަނީ 70-80 ވަރަކަށް މީހުންގެ ޖަމާޢަތަކުންނެވެ. އިމާމަށް ހަމަލާދީފައިވަނީ ކަނޑި ފަދަ ތަކެތިން ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ޝަހީދުކޮށްލާފައިވަނީ ޢުމުރުން 19 އަހަރުގެ މައުލާނާ ސާދްއެވެ. 

މިތަނަކީ ޢިމާރާތް ކުރަމުން ދިއަ މިސްކިތެއް ނަމަވެސް އެތަނުގެ ތިރީބައިގާ މިހާރުވެސް ޤަވާއިދުން ނަމާދުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މިހަމަލާ ދީފައިވަނީ ރޭ މެންދަމު ގުރްގްރާމް އަވަށުގައެވެ. އަންދައިލި މިސްކިތަކީ އަންޖުމަން ޖުމްޢާ މަސްޖިދެވެ. 

https://twitter.com/Alhamdhulillaah/status/1686377138994507778

މިއަދު އޮންލައިން