ޢިޝާ ނަމާދާ ފަތިސް ނަމާދު ޖަމާއަތުގަ ކުރަން އާދަކުރުމަކީ ބުރައަކާ ނުލާ ދަމުނަމާދަށް ހޭލެވޭ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޢިޝާ ނަމާދާ ފަތިސް ނަމާދު ޖަމާއަތުގަ ކުރަން އާދަކުރުމަކީ ބުރައަކާ ނުލާ ދަމުނަމާދަށް ހޭލެވޭ ކަމެއް! އިން ޝާ ﷲ

ޢަޖުމަ ބަލައިލަންވެސް ތިއައިން އެއްވެސް މީހަކު ނިކަން ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކުރަން ފަށައިބަލާށެވެ! ހިތްވަރުކޮށްގެން ނަމަވެސް އެކަން އާދަކޮށް ކުރަން ފަށައިބަލާށެވެ! އިސާހިތަކު ދަމު ނަމާދަށް އަމިއްލައަށް ހޭލެވެން ފަށާނެއެވެ.

ގޭގައި ނަމާދުކުރާ އަންހެނުން ކުރަންއޮތް ކަމަކީ ވަޤުތު ޖެހުމުން ވީހައި އަވަހަކަށް ނަމާދުކުރުމެވެ.

މިގޮތުން ބައެއް މީހުންނަށް ފަތިސް ނަމާދުގެ ކުރިން ދަމު ނަމާދުކޮށްލާނެ ވަގުތު އޮއްވައި ހޭލެވެން ފަށާނެއެވެ. އަނެއް ބައަކަށް ހަމަ މާކުރިންވެސް ހޭލެވެން ފަށައެވެ. މިއީ ވަރަށް ބޮޑަށް ތަޖުރިބާވެސް ކުރެވިފައިވާ ކަމެކެވެ. ހިންމަވައިދެއްވެވުން ވަނީ އެމީހަކު އެކަމަށް އެދޭ މިންވަރަށާއި ކުރާ މަސައްކަތުގެ މައްޗަށެވެ.

"ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާއަތުގައި ކުރުމުން މުޅި ރޭ އަޅުކަން ކުރުންފަދަ" ކަމަށް އޮތުމަކީ ދަމު ނަމާދު ނުކުރަންވީ ސަބަބެއް ނޫނެވެ.

"ޢިޝާ ނަމާދު ޖަމާއަތުގައި ކުރުމުން ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަޅުކަން ކުރި ފަދަ" ކަމަށާއި އަދި ހަމައެމީހާ "ފަތިސް ނަމާދު ޖަމާއަތުގައި ކުރުމުން މުޅި ރޭއަޅުކަން ކުރި ފަދަ" ކަމަށް އޮތް އޮތުމުގެ މާނައަކީ ދަމު ނަމާދުކޮށް އެކަމުން ލިބެން އޮތް އިތުރު ބޯނަސް ހޯދަން މަސައްކަތް ނުކުރުމެއް ނޫނެވެ. ހެޔޮ ކަމުގެ ފަތަށް ވީހައި ގިނަ ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

ޢިޝާ ނަމާދުކުރުމަށްފަހު ރޭގެ އެއްބައިގައި އަޅުކަން ކުރެވުނީ ކަމަށާއި އަދި ފަތިސް ނަމާދުވެސް ކުރެވިއްޖެ ނަމަ މުޅި ރޭ އަޅުކަންކުރެވުނީ ކަމަށް ބަލައި ނިންމާލައިގެން ނުވާނެއެވެ. ރަވާތިބު ސުންނަތާއި ވިތުރި އާއި ދަމުނަމާދު ކުރަން ޖެހޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން