މަސްތު ނުވެ ނުނިދުމަކީ ﷲ ގެ ބަރަކާތް އެމީހަކަށް ނެތްކަމުގެ ދަލީލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މަސްތު ނުވެ ނުނިދުމަކީ ﷲ ގެ ބަރަކާތް އެމީހަކަށް ނެތްކަމުގެ ދަލީލެއް!

އިންސާނުންނަށް އެންމެ މުހިންމު ކަމަކީ ތަނަވަސްކަން ކަމުގައި ބެލެވެން ފެށި ހިސާބުން ދިރިއުޅުމަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މާއްދިއްޔަތަށް ގެއްލި ހުސްވެފައެވެ. އެހެންކަމުން ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަންކަން އެބަހުއްޓެވެ.

ކޮންމެ މީހަކުވެސް އެމީހަކަށް ފައިދާކުރާނެ ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާނެއެވެ. އަދި ކާމިޔާބުވުމުން އިންތިހާއަށް ﷲ ތަޢާލާއަށް ޙަމްދުކުރާނެއެވެ. ޝުކުރުވެރިވެސްވާނެއެވެ.

މީސްތަކުންނޭވެ! ދުނިޔޭގައި ކިތަންމެ ގިނަ ކަންތައްތަކެއް ކާމިޔާބުކުރެވުނު ނަމަވެސް އަދި އެއީ ފުދުނީއެއް ނޫނެވެ. ފުދުމާއި ގާތްވެސްވީއެއް ނޫނެވެ. ކިރިޔާވެސް ފުދޭނީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވިއްޖެނަމައެވެ. ސުވަރުގޭގެ އެންމެ ދަށު ދަރަޖައިން ނަމަވެސް ޖާގައެއް ލިބިއްޖެނަމައެވެ.

ދުނިޔެއިން ކަންކަން ޙާޞިލުކުރަން މަސައްކަތްކުރާއިރު ޙަލާލް ނޫން ގޮތުގައި އެއްވެސް ކަމެއް ލިބި ނުގަންނާށެވެ! އެކަމަކުން ކިތަންމެ ބޮޑު މާލީ މަންފާއެއް ލިބުނު ނަމަވެސް އަދި ދުނިޔަވީ ގޮތުން ކިތަންމެ ބޮޑު ނިޢްމަތެއް ލިބުނުކަމުގައިވީނަމަވެސް އެކަމެއްގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވާނަމަ ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ލިބޭނެ އެއްވެސް ޙަޤީޤީ އުފާވެރިކަމެއްވެސް ނެތެވެ.

އެކަމުގެ ދަލީލަކީ އެންމެ ބޮޑެތި ބިލިއަނަރުންނަށް މަސްތުގެ ޙާލަތުގައި ނޫނީ ނިދައި ނުލެވޭ ކަމެވެ. އަދި ﷲ ތަޢާލާ އެބައަކަށް ބަރަކާތް ލައްވަވާފައިވާ ފަޤީރު، ނިކަމެތި މީހުންނަށް އެފަދަ އެއްވެސް އެއްޗެއް ބޭނުން ނުކޮށް ހަމަ އަރާމުގައި ނިދައިލެވޭކަމެވެ.

ވީމާ ދުނިޔެއިން ކުރިއެރުން ހޯދުމުގެ ދަހިވެތިކަމުގައި ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރާށެވެ! އެކަމުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން