ސަމާލުވާށެވެ! ކަންކަން ކުރިމަތިވުމުން މާބޮޑަށް ވިސްނައި، ކަންބޮޑުވެ، ރުޅިގަދަކުރުމަކީ މީހާގެ ނަފްސްވެސް ބަލިކަށިކޮށްލާ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސަމާލުވާށެވެ! ކަންކަން ކުރިމަތިވުމުން މާބޮޑަށް ވިސްނައި، ކަންބޮޑުވެ، ރުޅިގަދަކުރުމަކީ މީހާގެ ނަފްސްވެސް ބަލިކަށިކޮށްލާ ކަމެކެވެ!

އެއްވެސް ކަމަކާއި އެއްވެސް ވަރަކަށް ކަންބޮޑުނުވެ ތިބެވޭނީ ހަމައެކަނި ސުވަރުގޭގައެވެ. ސުވަރުގެ ވައްދަވައިފި އަޅަކަށް އެހިސާބުން ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދިއައީއެވެ. އެހިސާބުން ދެން އޭނާއަށް އޮންނާނީ މުޅިންވެސް އުފާވެރިކަމެވެ.

ކަންކަން ކުރިމަތިވުމުން މާބޮޑަށް ވިސްނައި ކަންބޮޑުވެ ރުޅިގަދަކުރުމަކީ މީހާގެ ނަފްސްވެސް ބަލިކަށިކޮށްލާ ކަމެކެވެ. ވީމާ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް މެދުމިނެއްގައި ހިފަހައްޓަން މަސައްކަތްކުރާށެވެ! ތިމާގެ ނަފްސުގެ މައްޗަށް ބާރު ހިންގުމުގެ ފުރުޞަތު ކަންބޮޑުވުމަށް ނުދޭށެވެ.

ކިތަންމެ ގިނަފަހަރަށް ބުނަން ޖެހުނު ނަމަވެސް ބުނަން އޮތީ މިބުނި މަގުން ޢަމަލުކުރެވޭނީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވާ، ކިޔަމަންތެރިވާ އަދި އެންމެ ފުރިހަމަ ގޮތުގައި ވަކީލްކުރާ އަޅުންނަށް ކަމަށެވެ.

ޙަޤީޤަތަކީ އަހަރެމެންނަކީ ކިތަންމެ ބާރުގަދަ ބައެއްކަމަށް ޤަބޫލުކުރެވުނު ނަމަވެސް ހަމަ އެކަކީވެސް އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫން ކަމެވެ. ކިތަންމެ ކުޑަކަމެއް ކުރިމަތިވިނަމަވެސް ޙައްލުކުރެވެން އޮތީ ﷲ ތަޢާލާ އެކަމެއް ޙައްލުކުރައްވަވައި ދެއްވެވުމުން ކަމެވެ. ނޫން ނަމަ ކިތަންމެ ކުޑަކުޑަ ކަމެއްވެސް އިނަތިހާއަށް ބޮޑުވެގެން އެބަދެއެވެ.

ޙައްލަކީ ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރުމެވެ. އެކަމަށް ކުރާ މަސައްކަތް އިތުރުކުރުމެވެ. ކުރިމަތިވާ ކަންކަމަށް މާޔޫސްވެ ފަހަތަށް ނުޖެހުމެވެ. ﷲ ތަޢާލާ މިންވަރު ކުރައްވަވާނީ ހަމަ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން