މަތީދަރަޖަ ހޯދަން ދޮގުނުބުނާށެވެ! މަތީ ދަރަޖަ ދެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މަތީދަރަޖަ ހޯދަން ދޮގުނުބުނާށެވެ! މަތީ ދަރަޖަ ދެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ!: މުފްތީ މެންކް

މީސްތަކުންނޭވެ! ދޮގު ބުނެގެން މަތީ މަޤާމުތަކަށްދާން މަސައްކަތް ނުކުރާށެވެ! މަތީ މަޤާމުތައް ލިބޭނެ ކަމަށް އުންމީދުކޮށްގެން މީސްތަކުންގެ ކުރިމަތީގައި ހުއްޓިހުރެ ދޮގުތައް ނުބުނާށެވެ! މަތީ މަޤާމުތައް ދެއްވަވާފަރާތަކީ ﷲ ތަޢާލާއެވެ. 

ދޮގުބުނުން މިއަދު މިވަނީ ވަރަށް ޢާނަމުކަމަކަށްހަދައިފައެވެ. މަކަރާއި ޙީލަތް ހެދުންވެސް މިވަނީ ޢާންމުކޮށް ކުރާ ކަމަކަށް ހަދައިފައެވެ. ކިތަންމެ ގިނަ ބައަކު އެއްވެސް ބިރެއް ނެތި ކުރިނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއްގެ ޙުކުމަށް އެއްވެސް ބަދަލެއް ނުއަންނާނެތެވެ. 

ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް އޮންނާނީ ޙަރާމްކަމެއްގެ ގޮތުގައެވެ. ޙަލާލުކުރައްވަވާފައިވާ ކަންކަން އޮންނާނީ ޙަލާލު ކަންކަމުގެ ގޮތުގައެވެ. 

ދޮގެއް ނުބުނާށެވެ! ދޮގު ބުނެވެން އުޅޭނަމަ ވަޤުތުން އަނގަ ބަންދުކުރާށެވެ. ދައްކަމުންދާ ވާހަކައެއްގެ މެދުތެރެއިން ނަމަވެސްމެއެވެ. މީސްތަކުންގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކަމުން ހުއްޓާލައިފިނަމަ މީހުން ކޮށްފާނެ މަލާމާތަކަށް ނުބަލާށެވެ! މޮޔައެއް ކަމަށް ބެލިނަމަވެސް މައްސަލައެއް ނެތެވެ. 

ތިމާއަށް މިކުރެވެނީ ޙަރާމްކަމެއްކަން ވިސްނޭ ވަޤުތު އެކަން ހުއްޓައިލުމަކީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ އެންމެ މަތީ ދަރަޖައެވެ. ފާފައެއް ކުރެވެމުން ދަނިކޮށް މިކުރެވެނީ ފާފައެއްކަން ވިސްނި ފާފަކުރުން ހުއްޓާލައި ތައުބާވުމުން ދެއްވަވާ މަތިވެރި ދަރަޖަ އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން