އިޒްރޭލުން ޣާޒާއަށް އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުން ހުއްޓުވީމާ އދ ވީ ގޮވާލާ ތަނަކަށް! ޣާޒާގެ ރައްޔިތުން ފެނަށްޖެހިގެންވެސް މަރުގެ ތުންފަތްމަތީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އިޒްރޭލުން ޣާޒާއަށް އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުން ހުއްޓުވީމާ އދ ވީ ގޮވާލާ ތަނަކަށް! ޣާޒާގެ ރައްޔިތުން ފެނަށްޖެހިގެންވެސް މަރުގެ ތުންފަތްމަތީގަ!

އެންމެ އަސާސީ އިންސާނީ ޙައްޤުތައް ކަމުގައިވާ ބޯފެނާއި ކާބޯތަކެއްޗާއި ކައްކާ ގޭހާއި ކަރްންޓުގެ ޚިދުމަތުން ޣާޒާގެ ރައްޔިތުން މަޙްރޫމްކުރުވީމާވެސް އެއީ އިޒްރޭލުން ކުރިކަމަކަށްވުމުން އދ ވީ އެކަން ނުކުރަން ގޮވާލާ އެޖެންސީއަކަށެވެ. އިޒްރޭލާއި ދެކޮޅަށް އެޅޭނެ އެއްވެސް ފިޔަވަޅެއް އޮތް ކަމަކަށް ނުވިއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނަށް ދެމުންގެންދާ ބޮޑެތި ގެއްލުންތަކަކީ ހަނގުރާމައިގެ އެންމެ ބޮޑެތި ޖަރީމާތައް ކަމަށްބުނެ ކުށްވެރިކުރުން ނޫން ކަމެއް ކުރެވޭ އެއްވެސް ފަރާތެއް، ޤައުމެއް، ބާރެއް ދުނިޔޭގައި އޮތްކަމަކަށް ނުވެއެވެ. 

މިޙާލަތަށް ކަންކަންގޮސް 2.3 މިލިއަން ޣާޒާ ރައްޔިތުން މަރުގެ ތުންފަތްމަތީތިބެ އަދި އިޒްރޭލުން ބޭނުންވާ ވަރަކަށް ކޮންމެ ދުވަހަކު ޣާޒާގެ ރައްޔިތުން ޝަހީދުކުރަމުން ގެންދާއިރު މުސްލިމް ޤައުމުތަކަށްވެސް ކުރެވޭ އެއްވެސް ކަމެއް އޮތް ކަމަކަށް ނުވެއެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިތްވަރު ލިބިގަންނަނީ އެމެރިކާގެ ކިބައިންކަމަށްވާއިރު އެމެރިކާ އާއި ދެކޮޅަށްވެސް އެއްވެސް ކަމެއް ކުރެވޭ މުސްލިމް ޤައުމެއްވެސް ނެތެވެ. އޯއައިސީއަށްވެސް ކުރެވޭ ހަމައެކަނި ކަމަކީ ބަޔާން ނެރުމެވެ. 

އދ އިން ބުނެފިނަމަ ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް ޢަމަލުކުރުންވެސް މުސްލިމުން ދަނީ ދޫކޮށްލަމުންނެވެ. އެހައި މަތީ ދަރަޖައެއް ދީގެން އުޅޭ އދ ގެ ޙަޤީޤީ ޙާލަތު އަބަދުވެސް މިފަދައިން ފެންނަމުން އަންނައިރުވެސް ޢިބްރަތް ޙާޞިލްކުރެވޭ ބައަކު އެބަތިބި ހެއްޔެވެ؟ އަޅުގަނޑުމެންގެ މިދިވެހިރާއްޖެވެސް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. ޤުރްއާން އެކަހެރިކޮށްފައިވެސް އދ އަށް ބޯލެނބުމުގައި އޮތީ އެންމެ ކުރީގައެވެ.

 

މިއަދު އޮންލައިން