ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣާޒާއަށް ދިން ޙަމަލާއެއްގަ އަށާވީސް ޞިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށްލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣާޒާއަށް ދިން ޙަމަލާއެއްގަ އަށާވީސް ޞިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށްލައިފި!

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣާޒާއަށް ދިންޙަމަލާއެއްގަ 28 ސިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށްލައި އިތުރު އެތައް ބައަކު ޒަޚަމްކޮށްލާފައިވާކަމަށް ފަލަސްޠީނުގެ ރަސްމީ ނިޔުސް އެޖެންސީތަކުން ހާމަކޮށްފިއެވެ. 

ފަލަސްޠީނުން ގެންދަނީ ހޮސްޕިޓަލުތަކާއި ޞިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވާ ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް އެދި ދުނިޔޭގެ ޤައުމުތަކަށް އާދޭސްކުރަމުންނެވެ. 

ޣާޒާގެ ހޮސްޕިޓަލުތަކަށް އެތައް ހާސް ބައަކު ގެންދެވެމުންދާއިރު ވަސީލަތް ވަނީ ހުސްވެފައެވެ. ފަރުވާދެވޭނެ ގޮތެއް ނެތެވެ. ޙާލަތު މިހާރުހުރިގޮތުން ވިހަންދާ މައިންނަށް އެހީތެރިވެދެވޭނެ ގޮތެއްވެސް ނެތެވެ. ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ.  

ބޮޑެތި ޒަޚަމްތަކުގައި ބޭސްކޮޅެއް އަޅައިލެވޭނެ ފަދަވެސް ނެތި މާރުކޭޓުތަކުގައި މަސްއަތުރާފައި ހުންނަ ގޮތަށް ހޮސްޕިޓަލްތަކުގެ ތަޅުންގަނޑު ޒަޚަމްވެފައިވާ މީހުންތަކުން ފުރިފައިވާ މަންޒަރު ފަދަ މަންޒަރުތައް މީޑިއާތަކުން ހާމަކުރަން މިހާރު ވަނީ ހުރަސްތައް ކުރިމަތިކުރުވާފައެވެ.

 

މިއަދު އޮންލައިން