ޤުސްރާ އަވަށުގައި ޝަހީދުކޮށްލި ކުޑަ ކުއްޖެގެ ހަށިގަނޑު ވަޅުލަން ގެންދަނިކޮށް އެމްބިޔުލާންސަށް ޙަމަލާދީ އެއިގައި ތިބި ކުއްޖާގަ ބައްޕަ ޢާއި ބޭބެ ޝަހީދުކޮށްލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެސަރަޙައްދަކީ ހަމާސްގެ ބައަކު އުޅޭވެސް އަވަށެއް ނޫނެވެ. އެކަމަކު ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބުނަމުން ގެންދަނީ އެމީހުން ޙަމަލާދެނީ ހަމާސް ނައްތާލަން ކަމަށެވެ.
ފަލަސްޠީނުން ރޭ ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުތެރޭގައި އިތުރު 400 މީހުން ޝަޙީދުކޮށް 1500 އަށްވުރެ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށެވެ.