ޣާޒާގައި ބައިލައްކައަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ފަރުވާނުލިބި ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޣާޒާގައި ބައިލައްކައަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ފަރުވާނުލިބި ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ!

ޣާޒާގައި 50،000 އަށްވުރެ ގިނަ މާބަނޑު އަންހެނުން، އެއްވެސް ޞިއްޙީ ފަރުވާއެއް އެހީތެރިކަމެއް ނުލިބިފައި އެބަތިބިކަމަށާއި އެމީހުން ތިބީ ގެދޮރުދޫކޮށް ރަށުން ނުކުމެގެންދާންޖެހުމުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ފަލަސްޠީނުގެ ސަރުކާރުން ބުނެފިއެވެ. 

ޙާލަތު މިހިސާބުގައި ހުރިއިރު ވިހަން ހޮސްޕިޓަލަށް ދިއުންވެސް ބޮޑު ނުރައްކަލަކަށްވެފައިވާ ކަމަށާއި ހޮސްޕިޓަލްތައް ފުރިބާރުވެފައިވުމާއި ޑޮކްޓަރުންނާއި ނަރުހުން، ޒަޚަމްވެފައި ތިބި މީހުންނަށް ފަރުވާދިނުމުގައި އަވަދިނެތި އުޅެންޖެހިފައިވުމުން ހޮސްޕިޓަލަކަށް ދެވުނު ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

އަނހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރަން އަޑުއުފުލާ ފަރާތްތަކަށްވެސް ޣާޒާގެ އަނހެނުންނަށާއި ކުޑަކުދިންނަށް ކުރިމަތިކުރުވަމުންދާ އަނިޔާވެރިކަން ހައްދުފަހަނައަޅައިފައިވާ ޢަމަލުތަކުން އަސަރެއް ކުރާކަމަކަށް ނުވެއެވެ.

 

މިއަދު އޮންލައިން