އިޒްރޭލުގަވެސް އިޒްރޭލް ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިޒްރޭލުގަވެސް އިޒްރޭލް ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފަށައިފި!

އިޒްރޭލުގެ ރައްޔިތުން އިޒްރޭލުގައި ތިބެގެން އިޒްރޭލްގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ. އެމީހުން ބުނަނީ ހަމާސް އިން ހިފަހައްޓާފައިވާ ޔަހޫދީން މިނިވަންކުރަން ސަރުކާރުން މަސައްކަތްނުކުރާތީ ކަންބޮޑުވާކަމަށެވެ. 

ހަމާސްގެ ހަނގުރާމަވެރިން ބުނަނީ އެމީހުން ހިފަހައްޓާފައިވާ 250 މީހުންގެ ތެރެއިން 22 މީހަކު އިޒްރޭލުން ދިން ޙަމަލާތަކުގައި މަރުވެފައިވާ ކަމަށެވެ. އަދި އެއިގެ ތެރޭގައި ތިބި އިޒްރޭލް ނޫން ޤައުމުތަކުގެ މީހުން "ޙާލަތު ތަންދިނުމުން" ޙަވާލުކުރާނެ ކަމަށެވެ. 

އިޒްރޭލްގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ ޔަހޫދީން ބުނަނީ ފަލަސްޠީން- އިޒްރޭލް މައްސަލަ ދިގުލައިގެން މިދަނީ އެތައް އަހަރެއް ފާއިތުވެގެންދާއިރުވެސް މައްސަލަ ޙައްލުކުރަން ސަރުކާރުން މަސައްކަތްނުކޮށް ސިޔާސީ ފައިދާ ނަގަން މަސައްކަތްކުރާތީ ކަމަށެވެ. ޔަހޫދީންގެ ފުރާނަމަތަކަށް ނުރައްކައުވަމުން މިދަނީ ފަލަސްޠިނުގެ ރައްޔިތުންނަށް އަމާންކަމާއިއެކު ދިރިއުޅެވޭނެ މަގެއް އިޒްރޭލް ސަރުކާރުން ނުދައްކާތީ ކަމަށެވެ. 

މިކަންކަމުން އެނގިގެންދަނީ އިޒްރޭލް ސަރުކާރުން ފަލަސްޠީނާއިމެދު ޢަމަލުކުރާ ގޮތާއިމެދު އިޒްރޭލްގެ ރައްޔިތުންވެސް ނުރުހޭކަމެވެ. އަދި އިޒްރޭލްގެ ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ އެމީހުންގެ އަމިއްލަ ފައިދާއަށްކަމަށް އިޒްރޭލުގެ ރައްޔިތުންވެސް ޤަބޫލުކުރާ ކަމެވެ.

 

މިއަދު އޮންލައިން